Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 22:01
އަމީން ފައިސަލް
އަމީން ފައިސަލް
މުހައްމަދު ޝަރުހާން
އަމީން ފައިސަލް ޝަރީއަތް
އަމީން ފައިސަލްގެ މައްސަލާގެ އަޑުއެހުމެއް މާދަމާ
އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ކުރިއަށްދަނީ ހެކިބަސް ނެގުން

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް  މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް  މާދަމާއަށް ތާވަލް ކޮށްފިއެވެ.

 

އަމީން ފައިސަލްގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ބާއްވަން މާދަމާ ހަމަ ޖެހިފައިވަނީ މެންދުރު ފަހު 14.00 ގަ އެވެ. މި މައްސަލާގެ އެންމެ ފަހު އަޑުއެހުމުގައި އޮތީ މައްސަލާގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސްނެގުމެވެ.  

 


އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އާރަށުގައި ބެހެއްޓި މައްސަލާގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރުކުރައްވާފަ އެވެ.

އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއިން ދިފާއުވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ދިފާއީ ހެކިންގެ ގޮތުގައި ކޯޓަށް ހާޒިރުކޮށް ދޭން ހުށަހަޅުއްވައިފި އެވެ.

 

އަބްދުﷲ ޔާމިން 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭރު މާލެ ތެރޭގައި ކުރަމުންދިޔަ މުޒާހަރާތަކާއި ގުޅިގެން އެމަނިކުފާނުގެ ހަށިރައްކަލަކަށް ކަމަށް ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް