Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 19:46
މެންބަރު މުބީން ޕީޕީއެމްގެ ބައެއް މެމްބަރުންނާއެކު
މެންބަރު މުބީން ޕީޕީއެމްގެ ބައެއް މެމްބަރުންނާއެކު
ޓްވިޓަރ
އެމްޕީ މުބީން
މެމްބަރު މުބީން މަގޭ އަނގަމަތީގައި ޖެހި: ގައުމީ ޓީމުގެ ކެޕްޓަން އަޑުބަރޭ
ޖެއްސެވިތަން ވަރަށް ގިނަ މީހުންނަށް ފެންނާނެ: އައްސަދު
މުބީން ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް
މުބީން ވިދާޅުވީ އައްސަދު ދިމާކުރީ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރ އަހުމަދު މުބީން، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ މިހާރުގެ ކެޕްޓަން އައްސަދު ޢަލީ (އަޑުބަރޭ)ގެ އަނގަމަތީގައި ޖައްސަވައިފި ކަމަށް އޭނާ ބުނެފިއެވެ.

ރާއްޖެ އެމްވީއާ މި ހާދިސާއާ ގުޅިގެން ވާހަކަ ދައްކަމުން އައްސަދު ބުނީ މުބީން އޭނާގެ އަނގަމަތީގައި ޖައްސަވާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތު ލޯކަލްމާރުކޭޓް ތެރޭގައި ހުއްޓާ ކަމަށެވެ.

އައްސަދު ބުނީ މެންބަރު މުބީން އޭނާގެ އަނބިކަންބަލުންނާއި ދަރިފުޅާއެކު ލޯކަލް މާރުކޭޓް ތެރޭގައި އުޅުއްވަނިކޮށް، ދައުލަތުގެ ނުހައްޤު ފައިސާގައި ބަޔަކު އުޅޭކަމަށް އައްސަދު ބުނުމާއެކު މުބީން ޒުވާބު ކުރައްވަން ފެއްޓެވިކަމަށެވެ. އެގޮތުން ވައްތަރު ވައްތަރުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި މިއީ އަހަރެމެންގެ ސަރުކާރެއްކަމާއި އުޅޭނީ ބޭނުން ގޮތަކަށް ކަމަށް ވިދާޅުވި ކަމަށެވެ.

ޖަވާބުގައި މުބީންއޭ ތިމަންނާ އަދި ނުކިޔަން ކަމަށާއި ތިޔަހާ އަވަހަށް މަތިންބައި ޖެހެން ނުޖެހޭނެޔޭ ބުނުމުން އިތުރަށް ކޯފާ ވެވަޑައިގެންނެވިކަމަށެވެ. އެވަގުތު ލޯކަލް މާރުކޭޓުގައި ތިބި ގިނަ މީހުން މުބީންއާ ދެކޮޅަށް ހޯއްގޮވާ އަޑުގަދަކޮށް ވަގަށްވެސް ގޮވުމާއެކު މުބީން އައްސަދުގެ އަނގަމަތީގައި ޖެއްސެވިކަމަށް އޭނާ ބުންޏެވެ. 

އައްސަދު ބުނީ މުބީން އޭނާގެ އަނގަމަތީގައި ޖެއްސެވިތަން ފެންނާނެ ކިތަންމެ ބަޔަކު ލޯކަލް މާރުކޭޓުގައި އެވަގުތު ތިބޭނެ ކަމަށާއި އެހެންނަމަވެސް މިޤައުމުގައި ކަންކަން ހިނގާގޮތުން ފުލުހުންނަށް އެމައްސަލަ ހުށަހަޅަން ގަސްދު ނުކުރާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެ ޓީވީން ސުވާލު ކުރުމުން މެންބަރު މުބީން ވިދާޅުވީ އައްސަދު ގައިގާ ޖެހިކަމަށް ބުނެ އޭނާ އެހަދަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މުބީންވެސް އޭނާވެސް ހުރީ މާރުކޭޓުގައި ކަމަށާއި އެތަނުން އައްސަދު އޭނާއާ ދިމާކުރި ނަމަވެސް އެކަކުވެސް ޖަހާފައި ނުވާ ކަމަށެވެ.

މުބީން ވިދާޅުވީ އައްސަދުގެ ގައިގާ ޖެއްސެވިނަމަ އެކަން ފެންނާނެ މީހުން ތިބޭނެ ކަމަށާއި ވިޑިއޯއާއި ފޮޓޯވެސް ހުންނަން ޖެހޭނެ ކަމަށެވެ.

މުބީން ވިދާޅުވީ އައްސަދު ހުރީ ގުރޫޕަކާވެސް އެކުގައި ކަމަށާއި އެހެންނަމަވެސް އޭނާވެސް ޖަހާފައި ނުވާ ކަމަށެވެ.

މުބީން ވިދާޅުވީ އައްސަދުގެ އުނދަގޫ މުބީންއަށް ވަރަށް ބޮޑަށް ފޯރާ ކަމަށާއި ފެންނަހާ ތާކުން ދިމާކުރާ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެފްއޭއެމަށްވެސް ހުށަހަޅުއްވާނެ ކަމަށް މުބީން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
10 ޖުލައި 2017 | ހޯމަ 13:44
ހަސަން ފީއަލި
ތިޔައީ ކަނަޑއެޅިގެނ ދޮގެއް. މުބީން އަކީ އަޅުގަނޑު ވަރަށް ކުރިއްސުރެ ދަންނަ މީހެއް. ތިޔަ އަޑުބަރޭއަކީ ކާކުކަން އެންމެނަށްވެސް އެނގޭނެ. މަހިތައްއަރާ އެހާ އަހްލާގެއް ނެތް މީހަކަށް ގައުމީޓީމުގެ ކެޕްޓަންކަން ދީފައި ހުންނަނީ ކީއްވެ ބާއޭ. މަށަކީ މާރުކޭޓްގައި ތިމަންޒަރު ބަލަން ހުރި މީހެއް، އަޑުބަރޭ މެމްބަރު މުބީން އޭނާގެ ކުޑަ ދަރިފުޅު ގޮވައިގެން ހުއްޓަ އައިސް ފަށައިގަތީ. ވަރަށް ލަދެއް ހަޔާތެއް ނުހުންނަ މީހެއް ތިޔަ އަޑުބަރޭ އަކީ. އޭނަ މުބީންއަށް ވަރަށް ހުތުރު އެއްޗެހި ކި. އަދި ސަރުކާރަށްވެސް ވަރަށް ހަޑިބަސްބަހުން މުޢާމަލާތްކުރި. އިންޒާރުވެސް ދިން. މުބީން ހުންނެވީ އަބިކަނބަލުން ނާއި އަދި އިތުރު އާއިލާގެ އަންހެން ކަނބަލަކާއެކު ކުޑަދަރިފުޅުގިވައިގެން. ތިޔަ ޚަބަރު ގެނެސްދީފައިވަނީ އިންސާފަކުން ނޫން
10 ޖުލައި 2017 | ހޯމަ 00:03
ދިވެއްސެއް
ގައުމީ ޓީމުގެ ކެޕްޓަން ލަދު ކޮބާ... ޑިސިޕްލިން އެއް ނެތް. ހާދަ ދަށުދަރަޖައިގެ ޢަމަލުތައް ހިންގާ ބައެކޭ... ނުޖެހޭ ދޯ މީހަކު ތަނަކުން ފެންނަ އިރަށް ބެހޭކަށް....
9 ޖުލައި 2017 | އާދީއްތަ 23:11
ހަސަނު
ރަގަޅު އަދިވެސްބާރައްޖަހަންވީ
9 ޖުލައި 2017 | އާދީއްތަ 22:38
Shiyam
mubeen kaley size vaan varah kairivejje...
9 ޖުލައި 2017 | އާދީއްތަ 21:36
މަރްޔަމް
އަޑުބަރޭ.. މީނަމިހަދަނީ ކަނޑަ އެޅިގެން ހުސްދޮގު. މަ މީ އެތާ ބަލަންހުރިމީހެއް.. މުބީން ނުޖަހާ. އަޑުބަރޭ އަކީ މުބީން ފެންނަށް ކޮންމެ ތާކުން ދިމާ ކޮށް ހަދާ މީހެއް.. މިރޭވެސް މާރކޭޓުން މުބީން ފެނުނީމަ އަޑުބަރޭ އައިސަށް މުބީން އާ ދިމާކުރީ.. ކުރީ ރެއެއްގަ ވެސް މުބީން ފެނިގެން އަޑުބަރޭ އައިސް މުބީން އާ ދިމާ ކޮށްގެން އުލުނީ..