ކ. މާލެ
|
16 މެއި 2023 | އަންގާރަ 22:03
މުބާރާތުގައި ބައިވެރިވި ޒުވާން ދެ ޓީމު
މުބާރާތުގައި ބައިވެރިވި ޒުވާން ދެ ޓީމު
ހޭންޑްބޯލް އެސޯސިއޭޝަން
އައިއެޗްއެފް ޓްރޮފީ
ޒުވާން ހޭންޑްބޯޅަ ޓީމުތަކުން ބްރޯންޒް މެޑަލް ހޯދައި، ތާރީހުގެ ތެރެއަށް
މިއީ ރާއްޖޭގެ ހޭންޑްބޯޅައަށް މެޑަލް ލިބުނު ފުރަތަމަ ފަހަރު

ގައުމީ ޒުވާން ޓީމުތަކުން ފުރަތަމަ ފަހަރަށް ހޭންޑްބޯޅައިން ރާއްޖެއަށް މެޑަލް ހޯދައިދީ, ތާރީހުން ޖާގަ ހޯދައިފިއެވެ.

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑަރޭޝަން (އައިއެޗްއެފް) ޓްރޮފީ މުބާރާތުން ރާއްޖޭގެ ދެ ޓީމުންވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.

މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ދެ ޓީމުންވެސް ބައްދަލުކޮށްފައިވަނީ ނޭޕާލާއެވެ. 17 އަހަރުން ދަށުގެ ޓީމު ނޭޕާލްގެ މައްޗަށް ކުރިހޯދީ 41-10ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ އާއިޝަތު އީޝަލް އަލީ ވަނީ މޮޅު ކުޅުމެއް ދައްކައި، 15 ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދީފައެވެ. 19 އަހަރުން ދަށުގެ ގައުމީ ޓީމު ނޭޕާލް ބަލިކުރީ 22-5ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝްއެވެ. މިއީ ރާއްޖޭގެ ޒުވާން އަންހެން ޓީމުތަކުން ބައިވެރިވި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ.

- ކޮމެންޓް