ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ހަތަރު ކޮއްކޮއަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައޫލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހު ވަޒީފާއިން ވަކިކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުރި ހުސައިން މައުރޫފާއި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ރައީސް އައްޔަން ކުރައްވާފައިވާ އާދަމް ޒާލިފާއި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްތަރުގެ މަގާމުގައި ހުރި އަލީ އާދިލްއާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމުގައި ހުރި އިސްމާއީލު އިޒްހާނެވެ.
މިކަމާއި ގުޅޭގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތިބާރު ނެތް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށައެޅި މައްސަލާގައި އިލްހާމް ވެސް ވަނީ ސޮއިކޮށްފައެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އިލްހާމް ވަނީ އެޕާޓީން ވެސް ވަނީ ވަކިވެފައެވެ.
އުވިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިލްހާމް ގެމަނަފުށީ ދާއިރާއަށް ހޮވިވަޑައިގަތީ ޑީއާރުޕީގެ ޓިކެޓްގަ އެވެ. ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި އިލްހާމް، ޕީޕީއެމަށް ބަދަލުވެވަޑައިގަތުމަށް ފަހު، 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީއަށް ބަދަލުވެވަޑައިގަތެވެ. ދަނގެތީ ދާއިރާގެ މެންބަރު ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގެންނެވި އިލްހާމް ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް އަދާކުރައްވައިފަ އެވެ.
ޕީޕީއެމްއަކީ ދިވެހިރައްޔިތުންގެ އިހްސާސްތައް ދަންނަ ޕާޓީއަކަށް ވުމާއި އަދަށް ވުރެ ފެހި މާދަމާއަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް އިލްހާމް ފޮނުއްވި ސިޓީ ވިދާޅުވި އެވެ.