ކ. މާލެ
|
15 މެއި 2023 | ހޯމަ 18:50
އިންޑިޔާއިން އެންމެ ފަހުން އަތުލައިގަތް ޑްރަގްތައް
އިންޑިޔާއިން އެންމެ ފަހުން އަތުލައިގަތް ޑްރަގްތައް
ވަޔަން
އިންޑިޔާއިން ޑްރަގް އަތުލައިގަތުން
އިންޑިޔާގައި މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ ޑްރަގް، ކެރަލާގެ އައްސޭސިފަށުން
އެންމެ ފަހުން އަތުލައިގަނެވުނު 2،500 ކިލޯގެ ޑްރަގް ހުރީ 134 ގޯނީގައި ބަންދުކޮށްފައި

އިންޑިޔާގައި މިހާތަނަށް އެއްފަހަރާ އަތުލައިގަނެވުނު އެންމެ ގިނަ ޑްރަގް, ކެރަލާގެ އައްސޭރިފަށުން ލޯންޗަކަށް އަރުވައިގެން ދަނިކޮށް އަތުލައިގެންފިއެވެ. އެގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން މައުލޫމާތު ދީފައިވާގޮތުގައި، އިންޑިޔާގެ ނޭވީ އަދި އެންސީބީގެ އޮފިޝަލުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި 2،500 ކިލޯގެ ހައި ކޮލިޓީ ކްރިސްޓަލް މެތު ކިޔާ ޑްރަގްގެ ބާވަތް އަތުލައިގެންފައިވެއެވެ. މިތަކެތީގެ އަގު 1.45 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ފޮށިތަކެއްގައި ބަންދުކޮށް، ގޯނިތަކަކަށް ލާފައިވާ މި ޑްރަގްތައް އަތުލައިގެންފައިވަނީ ބޮޑު ބޯޓެއްގައި ގެނެސް ލޯންޗަކަށް އަރުވައިގެން ގެންދަނިކޮށެވެ. މިތަކެއްޗާ ހަވާލުވެގެން ހުރީ ޕާކިސްތާނުގެ ރައްޔިތެއްކަމަށްވެއެވެ. މި މީހާއާއި، ޑްރަގް ގޯނިތަކާއި، އަދި ޑްރަގްތައް އުފުލި ބޮޑު ބޯޓުން ފެނުނު އެހެން ބައެއްތަކެތި މިހާރު ވަނީ ނެޝަނަލް އެންޓި ޑްރަގް އޭޖެންސީއާ ހަވާލުކޮށްފައެވެ.

އިންޑިޔާގެ އެންސީބީން ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ޑްރަގް އަތުލައިގަތުމުގެ ކާމިޔާބު ބޮޑުތިން އޮފަރޭޝަން ހިންގާފައެވެ. މިހުރިހާ ޑްރަގެއްވެސް އަތުލައިގެންފައިވަނީ ދެކުނު ރޫޓުން ކަމަށް ވެއެވެ.

އެންސީބީން ވަނީ ޖެނުއަރީ 2022ގައި އޮޕަރޭޝަން ސަމުންދުރަ ގުޕްތުގެ ނަމުގައި ޚާއްސަ ޑްރަގް ކޮންޓްރޯލް އޮޕަރޭޝަނެއްވެސް ފަށާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން، ޑްރަގް އުފުލާކަމަށް ޝައްކުކުރެވޭ ކަނޑު ބޯޓުތައް ނޭވީން ހުއްޓުވައި އަދި ބަލައި ފާސްކުރެއެވެ.

ޖެނުއަރީ 2022ގައި ގުޖްރާތާ ދިމާ ބޭރުން ދަތުރުކުރި ބޯޓެއް ކޯސްޓްގާޑުން ހުއްޓުވައި، ބަލައި ފާސްކުރިއިރު 300 ކިލޯގެ ކްރިސްޓަލް މެތު ފެނިފައިވެއެވެ. މީގެ އިތުރުން ދާދި ފަހުން ހައިދަރު އާބާދުންވެސް 300 ކިލޯ ކްރިސްޓަލް މެތު އަތުލައިގެންފައިވެއެވެ.

އެންމެ ފަހުން ހޮނިހިރު ދުވަހު އަތުލައިގަނެވުނު 2،500 ކިލޯގެ ޑްރަގް ހުރީ 134 ގޯނީގައި ބަންދުކޮށްފައި ކަމަށް ވެއެވެ.

އިންޑިޔާއިން މިހާރު ވަނީ ޑްރަގުގެ ވިޔަފާރި ހުއްޓުވުމަށާއި އަދި ޑްރަގް ބޭނުންކުރުން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ.  

- ކޮމެންޓް