ކ. މާލެ
|
15 މެއި 2023 | ހޯމަ 13:19
ކުޅުމުގެ ތެރެއިން ޕޮގްބާއަށް އަނިޔާވުން
ކުޅުމުގެ ތެރެއިން ޕޮގްބާއަށް އަނިޔާވުން
ރޮއިޓާސް
ޕޮގްބާ
އަހަރެއްފަހުން ފެށި ފުރަތަމަ މެޗުން ޕޮގްބާއަށް އަނިޔާވެއްޖެ
 
ޔުވެންޓަސްއަށް އެނބުރި އައިސް ޕޮގްބާއަށް ކުޅެވުނީ 10 މެޗު

އަނިޔާގެ ސަބަބުން އަހަރަކަށްވުރެ ގިނަ ދުވަހު ކުޅުމާ ދުރުގަ ހުރި ޕޮގްބާ، އެނބުރި އައިސް ފުރަތަމަ 11 ގައި ހިމެނުނު މެޗުގައި އަނެއްކާވެސް އަނިޔާވެއްޖެއެވެ.

އާދިއްތަ ދުވަހު ކްރެމޮނީސްއާ ދެކޮޅަށް ކުޅުނު މެޗަށް ޕޮގްބާ ނިކުތީ ނުހަނު އުއްމީދާއެކުއެވެ. ނަމަވެސް، މެޗުގެ 24 ވަނަ މިނެޓުގައި ހުރަހެއް ނަގަން އުޅުމުގެ ތެރޭގައި ޕޮގްބާގެ ވާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުން ފައިބަންޖެހުނެވެ. ޕޮގްބާ ދަނޑުން ފައިބަންޖެހުނީ މާޔޫސްކަންމަތީގައެވެ.

ޕޮގްބާގެ އަނިޔާއާ ގުޅިގެން ޔުވެންޓަސްގެ ކޯޗު، މަސިމިލިއާނޯ އެލެގްރީ ބުނީ، އެކަމާ ގުޅިގެން ކަންބޮޑުވެ މާޔޫސްވާކަމަށެވެ. އަދި އަނިޔާއިން ރަނގަޅުވެ އެނބުރި އައުމަށް ޕޮގްބާ ވަރަށް ގިނަ ކަންކަން ގުރުބާން ކުރިކަމަށް އެލެގްރީ ބުންޏެވެ.

ޕޮގްބާ އެންމެ ފަހުން މެޗެއް ފަށާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގައި އުޅެމުން ލިވަޕޫލްއާ ދެކޮޅަށެވެ. އެއީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. އެޔަށްފަހު ޔުވެންޓަސްއަށް ސޮއިކޮށް، ޕްރީ ސީޒަންތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތުވެސް ގެއްލުނެވެ.

ޔުވެންޓަސްއަށް އެނބުރި އައިސް ޕޮގްބާ ފުރަތަމަ މެޗު ކުޅެފައިވަނީ 28 ފެބުރުވަރީގައެވެ. އެފަހުން ޑިސިޕްލިން މައްސަލައަކާ ގުޅިގެން ކުޅުމުން އެކަހެރިކޮށްފައިހުރި ވަގުތު އަނެއްކާވެސް އަނިޔާއެއް ލިބުނެވެ.

އަނިޔާގެ ސަބަބުން ޕޮގްބާއަށް އެކަށީގެންވާ ވަރަށް މެޗު ކުޅެވިފައެއް ނުވެއެވެ. ޔުވެންޓަސްއަށް އެނބުރި އައިސް އަދި ކުޅެވިފައިވަނީ 10 މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
25%
0%
25%
ކޮމެންޓް