Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 17:02
މިއަދުގެ ޕްރެސް ކޮންފަރެސްގެ ތެރެއިން
މިއަދުގެ ޕްރެސް ކޮންފަރެސްގެ ތެރެއިން
ރާއްޖެއެމްވީ
މަސީހުގެ އިތުބާރުނެތްކަން
މެމްބަރުން ޕީޕީއެމުން ވަކިވަނީ މަޖުބޫރީ ހާލަތުން މިންޖުވުމަށް: ޔުމްނާ
ޕާޓީގެ ބާރުވެރިކަން ރައީސް ޔާމީން ނެންގެވީ ގަވާއިދާ ހިލާފަށް ކަމަށް މެމްބަރުން ގަބޫލު ކުރައްވާ ކަމަށް ޔުމްނާ ވިދާޅުވި
މެމްބަރުން ތިއްބެވީ ވަރަށް ސާބިތު ކަމާއެކު
އިސްލާހީ ހަރަކާތްތަކާ އިތުރު މެމްބަރުން ގުޅިވަޑައިގަންނަވާނެ

ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގަންނަވަނީ މަޖުބޫރީ ހާލަތުން މިންޖުވުމަށް ކަމަށް، ރައީސް މައުމޫނުގެ ދަރިކަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އެ ޕާޓީ ދޫކުރައްވަނީ، ޕާޓީގެ ރައީސްގެ އަތުން ޕާޓީ އަތުލާފައި އޮތުމާއި، އަސާސީ ގަވާއިދާ ހިލާފަށް ޕާޓީ ހިންގަމުންދާތީ ކަމަށެވެ.

ޕީޕީއެމްގެ މެމްބަރުން މަޖުބޫރީ ހާލަތުގައި ތިއްބެވި ނަމަވެސް އެ މެމްބަރުން ތިއްބެވީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ރައީސް މައުމޫނާއި މަޖިލީހުގެ މެމްބަރުން ޕޮލިހަށާއި އޭސީސީއަށް ހާޒިރުކުރަމުން ދަނީ ޔުމްނާ ވިދާޅުވި ގޮތުގައި، އިސްލާހީ ހަރަކާތްތައް މަޑު ޖައްސާލުމަށެވެ.

"މުއައްސަސާތަކުން މިނިވަންކަމާއެކު މަސައްކަތްކޮށް، ގާނޫނު އަސާސީއާ އެއްގޮތަށް މަސައްކަތް ކުރެއްވުން އެދެން،" އޭނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އިސްލާހީ ހަރަކާތްތަކާ އިތުރު މެމްބަރުން ގުޅިވަޑައިގަންނަވާނެ ކަމަށާއި ރައްޔިތުން ތިއްބެވީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންނާއެކު ގައި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ މަސީހުގެ ވޯޓަށް ތައްޔާރުވުމުގެ މި މަހުގެ 13 ވަނަ ދުވަހު އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ކޮންމެ ދުވަހަކު ވެސް ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް