ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 23:48
ނޮޓިންގހަމް ފޮރެސްޓަށް ދެ ލަނޑުވެސް ޖަހައިދިނީ ޓައިވޯ އަވޮނިޔީ
ނޮޓިންގހަމް ފޮރެސްޓަށް ދެ ލަނޑުވެސް ޖަހައިދިނީ ޓައިވޯ އަވޮނިޔީ
އިނގިރޭސި ޕްރިމިއަރ ލީގު
ޗެލްސީ އަތުން ނޮޓިންގހަމް ފޮރެސްޓަށް މުހިއްމު ޕޮއިންޓެއް!
މެޗު އެއްވަރުވީ 2-2 ން

ރެލިގޭޝަނުން ސަލާމަތްވެ, ޕްރިމިއަރ ލީގުގައި ދެމިއޮންނަން ކުރާ މަސައްކަތުގައި ނޮޓިންގހަމް ފޮރެސްޓުން ޗެލްސީ އަތުން މުހިއްމު ޕޮއިންޓެއް ހޯދައިފިއެވެ.

ފޯމް ދަށްވެ ނަތީޖާތައް ވަރަށްބޮޑަށް ގޯސްވެފައިވާ ޗެލްސީ އަތުން ނޮޓިންގހަމް ފޮރެސްޓް ޕޮއިންޓެއް ހޯދީ 2-2 ން މެޗު އެއްވަރުކޮށްގެންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް ނޮޓިންގހަމް ފޮރެސްޓުން ނިންމާލީ 1-0 ން ލީޑްގައި އޮވެއެވެ. އެކަމަކު ދެވަނަ ހާފްގައި ހަތް މިނެޓު ތެރޭގައި ސްޓާލިންގ ދެ ލަނޑު ޖަހާ ޗެލްސީއަށް ކުރިހޯދައިދިނެވެ. ނަމަވެސް ޗެލްސީއަށް ލީޑްގައި އޮވެވުނީ އެންމެ އެންމެ ތިން މިނެޓެވެ. ފުރަތަމަ ހާފްގައިވެސް ނޮޓިންގހަމްއަށް ލަނޑު ޖަހައިދިން ޓައިވޯ އަވޮނިޔީ އިތުރު ލަނޑެއް ޖަހާ މުހިއްމު ޕޮއިންޓެއް ހޯދައިދިނެވެ.

ޗެލްސީ އަތުން ލިބުނު ޕޮއިންޓާއެކު ނޮޓިންގހަމް ފޮރެސްޓް އޮތީ 34 ޕޮއިންޓާއެކު 16 ވަނާގައެވެ. 18 ވަނާގައި އޮތް ލީޑްސް ޔުނައިޓެޑާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ދެޓީމަށްވެސް ބާކީ އޮތީ ދެ މެޗެވެ. ލީގުގައި ދެމި އޮންނަން ކުރާ މަސައްކަތުގައި ނޮޓިންގހަމް ފޮރެސްޓަށް ކުރިއަށް އޮތީ ދެވަނާގައި އޮތް އާސެނަލްއާ ވާދަކުރާ މެޗެވެ. ލީގުގައި އެޓީމްގެ ފަހު މެޗަކީ ކްރިސްޓަލް ޕެލަސްއާ ވާދަކުރާ މެޗެވެ.

މިސީޒަންގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތް މެޗުންވެސް މޮޅެއް ނުލިބި އޮތް ލަމްޕާޑްގެ ޗެލްސީއަށް ލީގުގައި އޮތް ފަހު ތިން މެޗަކީ ތާވަލްގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ.

- ކޮމެންޓް