ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 23:07
އެސްޓަން ވިލާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ރަމްސޭ
އެސްޓަން ވިލާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ރަމްސޭ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ސައުތްހެމްޓަން ރެލިގޭޓް، އެސްޓަން ވިލާއަށް ޔޫރަޕްގެ ޖާގައެއްގެ އުއްމީދު!
އެސްޓަން ވިލާއިން ވަނީ ޓޮޓެންހަމް ބަލިކޮށްފަ

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ފުލުގައި އޮތް ސައުތްހެމްޓަން ރެލިގޭޓްވެ, އެސްޓަން ވިލާއިން ޔޫރަޕްގެ ޖާގައެއްގެ އުއްމީދު ދަމަހައްޓާ ވަރުގަދަކޮށްފިއެވެ.

ސައުތްހެމްޓަން ރެލިގޭޓްވިކަން ކަށަވަރުވީ ފުލަމް އަތުން ބަލިވި މެޗަށްފަހުއެވެ. އަމިއްލަ ދަނޑުގައި ފުލަމް އަތުން ސައުތްހެމްޓަން ބަލިވީ 2-0 ނެވެ. މެޗުގައި ފުލަމްގެ ދެ ލަނޑު ޖެހީ ކާލޯސް ވިނީސިއަސްއާއި, މިޓްރޮވިޗްއެވެ. މިޓްރޮވިޗް ކުޅުމުގެ ތެރެއަށް އައީ އަށް މެޗުގެ ސަސްޕެންޝަނަށްފަހުއެވެ. ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މިބައްޔާއެކު ސައުތްހެމްޓަން ރެލިގޭޓްވީ ބާކީ ދެ މެޗު އެއްވައެވެ. އެޓީމަށް 36 މެޗުން ހޯދުނީ 24 ޕޮއިންޓެވެ. 17 ވަނައިގައި އެވަޓަން އޮތީ 32 ޕޮއިންޓާއެކުއެވެ. ދެޓީމްގެ ދެމެޗުގައި އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި އެވަޓަންއަށް އިތުރު މެޗެއްވެސް އެބައޮތެވެ. ސައުތްހެމްޓަން ރެލިގޭޓް މިވީ ފުރަތަމަ ޑިވިޝަންގައި 11 އަހަރު ހޭދަކުރުމަށްފަހުއެވެ.

އެސްޓަން ވިލާއިން ވަނީ ޓޮޓެންހަމް ބަލިކޮށް, ޔޫރޮޕާ ލީގުގެ ޖާގައެއްގެ އުއްމީދު ދަމަހައްޓާފައެވެ. ޓޮޓެންހަމްގެ މައްޗަށް ވިލާއިން ކުރިހޯދީ 2-1 ނެވެ. މިމޮޅާއެކު އެސްޓަން ވިލާ އޮތީ 57 ޕޮއިންޓާއެކު ހަތް ވަނައިގައެވެ. މިބައްޔާއެކު ޓޮޓެންހަމްގެ ޗެމްޕިއަންސް ލީގު ޖާގައަށް އޮތް އުއްމީދަށް ނިމުން އައީއެވެ. ޓޮޓެންހަމްއަށް އޮތީ ޔޫރޮޕާ ލީގުގެ ޖާގަ ކަށަވަރުކުރުމެވެ. އެކަން ކާމިޔާބުކުރުމަށް ބާކީ އޮތީ ދެ މެޗެވެ. ސީޒަންގެ ބޮޑުބައިގަ ޓޮޓެންހަމް އޮތީ ގަދަ ހަތަރެއްގައެވެ. އެކަމަކު މިހާރު އޮތީ ހަވަނައިގައެވެ.

އެސްޓަން ވިލާއަށް ބާކީ އޮތީ ލިވަޕޫލާ ވާދަކުރާ މެޗާއި, ބްރައިޓަން މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް