Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 14:51
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ގާސިމްގެ ޝަރީއަތް މާދަމާ
ގާސިމްގެ އަޑުއެހުން އޮތީ މާދަމާ މެންދުރު ފަހު
ގާސިމްގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ދައުލަތައް ޖަވާބު ދާރީވުމަށް ފުރުސަތު ލިބިގެންދާނެ
ދެން ހައްޔަރު ނުކުރެވޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ދިނުމަށް ދައުވާގެ އަޑުއެެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

 

ގާސިމްގެ މައްޗަށް ކޮށްފައވާ ޖިނާއީ ދައުވާގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާގެ މެންދުރު ފަހު 13.30 އަށެވެ.  ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކޮށްފަ އެވެ. މި ހުރިހާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނި އެއްކޮނެވެ. މި މައްސަލަތަކުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހު އެވެ. 

 

ގާސިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދޭ މެންބަރުންނަށް ދާއިރާގެ ޓިކެޓް ދެއްވާނެ ކަމަށާއި  އަދި ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ  ކަމަށް ދައުލަތުން ބުނެ އެވެ. އަދި ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ބެލެވިދާނެ ކަމަށެވެ.

 

އަދި އެހެންމެ ރިޝްވަތު ހުށަހަޅަން ޖެހެނީ ކޮންމެހެން ތިމާއަށް ވުރެ ދަށް ފަންތީގެ ބަޔަކަށް ނޫން ކަމަށާއި، ތިމާއާއި އެއް ފަންވަރެއްގެ މަގާމުތަކުގައި ތިބި ބަޔަކަށް ވެސް ރިޝްވަތު ހުށަހެޅިދާނެ ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ.. އަދި އިޚްތިޔާރީ ބާރެއްގެ ގޮތުގައި ވޯޓް ލުން އޮންނައިރު، ވަކި ގޮތަކަށް ވޯޓް ލުމަށް ގާސިމް ހުށަހެޅުއްވިކަން  ޖަލްސާއެއްގައި މެމްބަރުންނާ މުހާތަބު ކުރައްވާ ދެއްކެވި އެ ވާހަކައިން ދޭހަވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އޭގެ އިތުުރުން އަދި ރިޝްވަތު ހުށަހެޅުމާއި ރިޝްވަތު ހިފުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަދާކުރުމުގައި ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ދައުކަތުގެ ވަކީލު ވިދާޅުވި އެވެ.

އެވާހަކަ ތަކަށް ރައްދުދެއްވާ ގާސިމްގެ ގާނޫނީ ވަކީލުން ވަނީ  އެހީތެރިވެދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވަނީ ކޮން ގާނޫނެއްގައިތޯ ސުވާލު ކުރައްވާފަ އެވެ. ގާސިމްއަށް ދައުވާ ކޮށްފައިވަނީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ދައުލަތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި ގާސިމްގެ ވަކީލުން ވިދާޅުވެފައިވަނީ ވާހަކައެއް ދެއްކޭނީ ޚިޔާލަށް ގެނެސްގެން ކަމަށެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ޚިޔާލު ފާޅުކުރޭނެ ކަމަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި،  ޚިޔާލުފާޅުކުރުން ކުށަކަށްވީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ.

 

މާދަމާ  އޮންނަ އަޑުއެހުމުގައޮ އޮންނާނީ އެންމެ ފަހު ބޭއްވި އަޑުއެހުމުގައި ގާސިމްގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ދައުލަތުން ޖަވާބު ދާރީވުމެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް