Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 14:21
ޓިއުނީޝިއާގެ އާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ ފަތްކޮޅު އެރުވުގެ ރަސްމިއްޔާތުގެ ތެރެއިން
ޓިއުނީޝިއާގެ އާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ ފަތްކޮޅު އެރުވުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޓިއުނީޝިއާގެ އާ ސަފީރު
ޔޫއެންގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށްވުމަށް ތާއިދު ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައިފި
ރައީސް ޔާމީން ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ތާއީދު ކުރެއްވުމަށް އެދިވަޑައިގެންނެވީ ޓިއުނީޝިއާގެ ސަފީރުގެ އަރިހުން
ޓިއުނީޝިއާއާއެކު ޑިޕްލޮމެޓިކް ގުޅުން އޮންނަތާ 30 އަހަރު ވެއްޖެ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ރާއްޖެ ވަނީ ހޯދާފައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި

ޔުނައިޓަޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ 2009 އިން 2020 ގެ ނިޔަލަށް ހިނގަމުންދާ ދައުރުގެ، ނަން ޕާމަނަންޓް މެންބަރަކަށް ވުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ކުރަމުން ގެންދާ މަސައްކަތުގައި ޓިއުނީޝިއާގެ ފަރާތުން ރާއްޖެއަށް ތާއީދު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަަދައިގަންނަވައިފި އެވެ.

ރައީސް ޔާމީން އެގޮތަށް އެދިވަޑައިގެންނެވީ ޓިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ނެޖްމިދީން ލަކަލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ދެ ބޭފުޅުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޓިއުނީޝިއާގެ އާ ސަފީރާ ރައީސް ޔާމީން ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ދެންނެވާފައިވެއެވެ. އަދި ޓިއުނީޝިއާގެ ރައީސް ހިޒް އެކްސެލަންސީ ބޭޖީ ޗޭޑް އެސެބްސީއަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޓިއުނީޝިއާއާ ދިވެހިރާއްޖެއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރި ފަހުން 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރައްވާ ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެރުއްވި ކަމަށެވެ.

ޓިއުނީޝިއާ އަކީ އެފްރިކާ ބައްރުގެ ގްރޫޕްގައި ހިމެނޭ ވަރަށް މުހިންމު ބައިވެރިއެއްކަމުގައިވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައީސް ޔާމީންގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ދުނިޔޭގެ ސުލްހައަށާ، ރައްކާތެރިކަމަށާ، ކައުންޓަރ-ޓެރަރިޒަމާ މޫސުމަށް އަންނަ ބަދަލުތައް ފަދަ ކަންކަމުގައި ދެއްވާ އަހަންމިއްޔަތަށް އަލިއަޅުއްވާލެއްވި ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، އދގެ މެންބަރެއްގެ ގޮތުގައި 50 އަހަރު ދިވެހިރާއްޖެ ވޭތުކޮށްފައިވާއިރު، ރާއްޖެއަކީ ކުޑަ އަދި ވަސީލަތްތައް މަދު ގައުމެއްނަމަވެސް، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ރާއްޖެ ވަނީ ހޯދާފައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ޓިއުނީޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް ދެންނެވި މަރުހަބާއަށް ޝުކުރުއަދާ ކުރައްވާ، ޓިއުނީޝިއާގެ ރައީސްއާ އެ ގައުމުގެ ރައްޔިތުންގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށާ ދިވެހި ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. އަދި، އެމަނިކުފާނުގެ ދައުރުގައި، ދެ ގައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ޓިއުނީޝިއާގެ ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެކްޓިންގް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމްއާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު އަދި ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް