ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 08:37
23 ވަނަ އިންޓަރ-ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން
23 ވަނަ އިންޓަރ-ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ތެރެއިން
ރާއްޖެއެމްވީ
އިންޓަރ ސްކޫލް އެތުލެޓިކްސް
އިންޓަރ ސްކޫލް އެތުލެޓިކްސް: 47 ސްކޫލަކުން 1500 ދަރިވަރުން ވާދަކުރާނެ
 
ޗެމްޕިއަންޝިޕް ފަށާނީ އަންނަ އާދިއްތަ ދުވަހު

އަންނަ އާދިއްތަ ދުވަހު ފަށާ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 47 ސްކޫލަކުން ވާދަކުރާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފިއެވެ. އޭގެތެރޭގައި ކޮލެޖްތައް ވެސް ހިމެނެއެވެ.

މުބާރާތުގައި ވާދަކުރާ 47 ސްކޫލްގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގެ 12 ސްކޫލް ހިމެނެއެވެ. އަދި އަތޮޅުތަކުން 13 ސްކޫލް ވާދަކުރެއެވެ. އޭގެތެރޭގައި އުތުރާއި ދެކުނުގެ ރަށްތައް ހިމެނެއެވެ. މާލެއިން 22 ސްކޫލް ވާދަކުރާނެއެވެ. މިފަހަރުގެ ޗެމްޕިއަންޝިޕްގެ އެކި އިވެންޓްތަކުގައި 1500 ދަރިވަރުން ވާދަކުރާނެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް 47 ސްކޫލަކުން 1500 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރިއެވެ.

މުބާރާތް އޮންނާނީ މިމަހުގެ 14 ން 19 އަށް ހުޅުމާލޭގައެވެ. އެތުލެޓިކްސްގެ ޤައުމީ ޓީމަށް ކުޅުންތެރިން ފާހަގަކުރާ އެންމެ ބޮޑު ހަރަކާތަކީ އިންޓަރ ސްކޫލް މުބާރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް