Advertisement
ކ. މާލެ
|
10 މެއި 2023 | ބުދަ 07:04
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން ގެމަނަފުށީގައި
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފުލުހުން ގެމަނަފުށީގައި
ޕޮލިސް
ކުޑަކުދިންގެ ދުވަސް ފާހަގަކުރުން
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފުލުހުން ގއ. އަތޮޅުގައި ފަށައިފި
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފުލުހުންނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މި މަހު 7 ން 13ށް ގއ އަތޮޅުގެ ރަށްރަށުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ގއ. އަތޮޅުގައި ފަށައިފިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މި މަހު 7 އިން 13 އަށް ގއ. އަތޮޅުގެ ރަށްރަށުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެ ހަރަކާތްތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދަނީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެވެ.

Advertisement

އޭގެ އިތުރުން، ގެމަނަފުށީގައި ކުޑަކުދިންގެ އާޓް އެގްޒިބިޝަނަކާއި ކަލަރ ރަންއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިންމުކަން އަންގައިދޭ މެސެޖުތަކާއެކު ބިލްބޯޑު އިފްތިތާހު ކުރުމުގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ރަށްރަށުގެ ކައުންސިލް އިދާރާ ތަކާއި ރަށުގައިހުރި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ކުލަބް ޖަމުއިއްޔާތަކާއި ޒުވާނުންގެ އެހީތެރިކަމާއެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް