Advertisement
ކ. މާލެ
|
9 ޖުލައި 2017 | އާދީއްތަ 11:59
މެމްބަރު އިހްލާމް
މެމްބަރު އިހްލާމް
ޕީޕަލް މެގަޒިން
މެމްބަރު އިލްހާމް
އިލްހާމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި
އިލްހާމް ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައި
ޕީޕީއެމްއާ އިލްހާމް އަލުން ގުޅިވަޑައިގަތީ އޮކްޓޯވަރު 20، 2016 ގައި
ޕީޕީއެމްގެ ބައެއް މެމްބަރުން އެ ޕާޓީން ދަނީ ވަކިވެވަޑައިގަންނަވަމުން

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.

ކުރިން ގެމަނަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި އިލްހާމްއާއި އޭނާގެ އަނބިކަނބަލުން ޕީޕީއެމަށް ސޮއިކުރެއްވީ އޮކްޓޯބަރު 20، 2016 ވަނަ ދުވަހުގެ ރޭ ގަ އެވެ.

އުވިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިލްހާމް ގެމަނަފުށީ ދާއިރާއަށް ހޮވިވަޑައިގަތީ ޑީއާރުޕީގެ ޓިކެޓްގަ އެވެ. ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި އިލްހާމް، ޕީޕީއެމަށް ބަދަލުވެވަޑައިގަތުމަށް ފަހު، 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީއަށް ބަދަލުވެވަޑައިގަތެވެ. ދަނގެތީ ދާއިރާގެ މެންބަރު ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގެންނެވި އިލްހާމް ވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް އަދާކުރައްވައިފަ އެވެ.

 

އަލުން ޕީޕީއެމާ ގުޅިވަޑައިގެން ހުންނެވުމަށް ފަހު އިލްހާމް އެ ޕާޓީ މި ދޫކޮށްލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ 11 މެމްބަރުންގެ ތެރޭގައި އިލްހާމް ހިމެނިވަޑައިގަންނަވަ އެވެ.

 

ޕީޕީއެމްއަކީ ދިވެހިރައްޔިތުންގެ އިހްސާސްތައް ދަންނަ ޕާޓީއަކަށް ވުމާއި އަދަށް ވުރެ ފެހި މާދަމާއަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް އިލްހާމް ފޮނުއްވި ސެޓީ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް