ކ. މާލެ
|
8 މެއި 2023 | ހޯމަ 08:38
ވެލެންސިއާގެ ކޯޗުގެ މަގާމާ ހަވާލުވި އަޙްމަދު މުޖުތަބާ (ފެސްކޯ)
ވެލެންސިއާގެ ކޯޗުގެ މަގާމާ ހަވާލުވި އަޙްމަދު މުޖުތަބާ (ފެސްކޯ)
މިހާރު
ދިވެހި ޕްރިމިއަރ ލީގު
ދިވެހި ޕްރިމިއަރ ލީގަށްވެސް ވެލެންސިޔާއިން ޒުވާން ޓީމު ކުޅުންތެރިންނާއެކު!
ވެލެންސިޔާއާ ޓީސީ ވާދަކުރާނީ ހޯމަ ދުވަހު ހަވީރު

ހޯމަ ދުވަހު ފަށާ ދިވެހި ޕްރިމިއަރ ލީގުގަށްވެސް ވެލެންސިޔާ ނުކުންނާނީ ޕްރެޒިޑެންޓް ކަޕްގައި ކުޅުނު ޒުވާން ޓީމާއެކުކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ޓީމްގެ ލިސްޓްގައި ސީނިއަރ ތަޖުރިބާބޮޑު ތިން ކުޅުންތެރިއަކު ހިމެނި ނަމަވެސް, އެކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ނުލިބޭތީ ލީގުގެ ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށްވެސް ބޭނުންކުރާނީ ޒުވާން ޓީމްކަން ފެސްކޯ ފާހަގަކުރިއެވެ. އެހެން ކްލަބްތަކުން ވެލެންސިޔާއާ ގުޅުނު ކުޅުންތެރިން ރަޖިސްޓްރީކޮށް ކުޅެވޭ ހިސާބަށް އަދިވެސް ކަންކަން ނުދާކަން ފެސްކޯ ފާހަގަކުރިއެވެ. އެކަމާ ގުޅޭގޮތުން ތަފްސީކޮށް ވާހަކަ ނުދެއްކިޔަސް ފެސްކޯ ބުނީ އެމަސައްކަތް މެނޭޖްމަންޓުން ކުރަމުންދާކަމަށާއި, ވީހާވެސް އަވަހަށް އެކުޅުންތެރިންގެ ޚިދުމަތް ވެލެންސިޔާއަށް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ. އެތިން ކުޅުންތެރިންނަކީ ޤައުމީ ޓީމްގައި ކުރިން ކުޅުނު ފޯވަޑް އަސަދުالله އަބުދުاللهއާއި, މިޑްފީލްޑަރ އިބްރާހީމް ވަހީދު (އިއްބެ)އާއި, ޑިފެންޑަރ ރިލްވާން ވަހީދުއެވެ. އެކުޅުންތެރިންނަށް ކުޅެވެން ފެށުމުން ވެލެންސިޔާ އަދި ވަރުގަދަވާނެކަމަށް ހެޑްކޯޗު ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ މިހާރު އޮތް ޒުވާން ޓީމަކީވެސް ހިތްހަމަޖެހޭ ޓީމެއްކަމަށާއި, ޕްރެޒިޑެންޓްކަޕްގެ ދެ މެޗުގައި އެކުޅުންތެރިން ދެއްކި ކުޅުންވެސް ރަނގަޅު ކަމަށެވެ. އަދި އޭގެފަހުން ކުރެވުނު ޕްރެކްޓިސްތަކާއެކު އިތުރަށް ރަނގަޅުވާނެކަމަށް ބުންޏެވެ.

ލީގަކަށް މިނިކުންނަނީ, ލީގަކީ ތަންކޮޅެއް ދިގު އެއްޗެއް. ލީގަށްދާއިރު ތަންކޮޅެއް ތަފާތު ވިސްނުންތަކެއް ހުންނަން ޖެހޭނެ, ގެންގުޅެންވެސް ޖެހޭނެ ކަމަށް ޤަބޫލުކުރަނީ. އަދި ހަމަ އަޅުގަނޑުމެން އުއްމީދުކޮށްގެން މިތިބީ ޒުވާން ޓީމާ އެއްކޮށް ކުރިއަށްދާން. އެހެންވީމަ ޓީސީއާ އެއްކޮށް ނިކުންނަ މެޗުގައިވެސް ހަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމީ މުބާރާތުގައި ކުޅުނު ޓީމް މައިގަނޑު ގޮތެއްގައި ފެނިގެންދާނީ. އަޅުގަނޑުމެން ޓެކްނިކަލް ޓީމުން ވަރަށް ހތްހަމަޖެހޭ ވަރުގެ ޕާފޯމަންސެއް އެދ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނީ. ދެން އިތުރަށް ޕްރެކްޓިސްކޮޅެއް ކޮށްލާނެ ފުރުޞަތު ލިބިގެންދިޔަ, އެއީ ތައްޔާރުވުމަށް ލިބިގެންދިޔަ އިތުރު ފުރުޞަތެއް.
އަހުމަދު މުޖުތަބާ (ފެސްކޯ)/ ވެލެންސިޔާގެ ކޯޗު

ފެސްކޯ ބުނީ މުޅި ސީޒަނަށް ޓާގެޓްތަކެއް ކަނޑައެޅިޔަސް ޓެކްނިކަލް ޓީމްގެ ބާރު ނުފޯރާ ކަންކަންވެސް ހުންނަކަމަށެވެ. އަދި އެއްވެސް ބަޔަކަށް މުޅި ޕްލޭން އެޗީވް ނުކުރެވޭނެކަމަށާއި, ވެލެންސިޔާގައި މިހާރު އޮތް ޓީމަކީވެސް ޕްލޭންގެ ބައެއްކަމަށެވެ. ޓީސީއާ ގުޅޭގޮތުން ބުނީ އެއީ ބެލެންސް ރަނގަޅު ޓީމެއްކަމަށެވެ. މިދިޔަ އަހަރު ޓީސީގައި އޮތް ޓީމަށް އައި މައިގަނޑު ބަދަލަކީ ޓެކްނިކަލް ޓީމަށް އައި ބަދަލުކަމަށާއި, އެކަމަކު ކުރީގެ ކޯޗު މުޙައްމަދު ނިޒާމްއާއެކު ގިނަ ދުވަހު މަސައްކަތްކުރި ކޯޗެއް މިވަގުތު ހަވާލުވެހުރުމުން ތަފާތު މާބޮޑަށް ދައްކާނެކަމަށް ޤަބޫލުނުކުރެވޭކަމަށް ފެސްކޯ ބުންޏެވެ.

ވެލެންސިޔާއާއި ޓީސީ ވާދަކުރާ މެޗު ކުޅޭނީ ހޯމަ ދުވަހު ހަވީރުއެވެ.

- ކޮމެންޓް