ކ. މާލެ
|
5 މެއި 2023 | ހުކުރު 09:42
މެކް އަލިސްޓާ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
މެކް އަލިސްޓާ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
އިތުރު ވަގުތުގައި ބްރައިޓަން އަތްދަށުވެ ޔުނައިޓެޑަށް ނާއުއްމީދު
 
ޔުނައިޓެޑާއި ލިވަޕޫލާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެއް

އިތުރު ވަގުތުގައި ބްރައިޓަން އަތްދަށުވެ, ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރަން މަސައްކަތް ކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑް ނާއުއްމީދު ވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭ އެންމެ ފަހު މަޤާމްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ފަސްވަނާގައި އޮތް ލިވަޕޫލާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. އެކަމަކު ޔުނައިޓެޑަށްވުރެ އިތުރަށް ލިވަޕޫލުން މެޗެއް ކުޅެފައި އޮތުމަކީ ޔުނައިޓެޑަށް އޮތް އެޑްވާންޓޭޖެކެވެ.

މެޗުން މޮޅުވެ ތާވަލްގެ ތިންވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑަށް ގެއްލުނީ 1-0 ން ބަލިވެގެންނެވެ. ބްރައިޓަންއިން ޔުނައިޓެޑް ބަލިކުރީ މެޗުގެ އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. ޕެނަލްޓީ ކާމިތާބުކުރީ މެކް އަލިސްޓާއެވެ. މިއީ ލޫކް ޝޯ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބަލާ ކަށަވަރުކުރުމަށްފަހު ދިން ޕެނަލްޓީއެކެވެ.

މިމޮޅާއެކު ބްރައިޓަން އޮތީ ޔޫރޮޕާ ލީގުގެ ޖާގައެއްގެ ޔަޤީންކަމުގައެވެ. ބްރައިޓަން އޮތީ 55 ޕޮއިންޓާއެކު ހަވަނާގައެވެ. ލިވަޕޫލާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަކެވެ. ލިވަޕޫލް އިތުރަށް ދެ މެޗު ކުޅެފައިވާތީ އަމިއްލަ ބާރުގައި ފަސްވަނަ އަށް ޖެހިލަން ބްރައިޓަންއަށް ފުރުޞަތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް