ކ. މާލެ
|
5 މެއި 2023 | ހުކުރު 07:21
ނަޕޯލީގެ ކުޅުންތެރިން: ތަށި ލިބުނީ 33 އަހަރު ފަހުން
ނަޕޯލީގެ ކުޅުންތެރިން: ތަށި ލިބުނީ 33 އަހަރު ފަހުން
ބީބީސީ
އިޓާލިއަން ލީގު
33 އަހަރަށްފަހު އިޓާލިއަން ލީގު ކާމިޔާބުކޮށް ނަޕޯލީއަށް އުފާވެރިކަން
ނަޕޯލީން އެންމެ ފަހުން ތަށި ހޯދީ 1990 ވަނަ އަހަރު

33 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނަޕޯލީއިން އިޓާލިއަން ލީގު ކާމިޔާބުކޮށްފި އެވެ.

ނަޕޯލީގެ 96 އަހަރުގެ ތާރީޚުގައި އެކުލަބުން އިޓާލިއަން ލީގު ކާމިޔާބުކުރީ އެންމެ ދެ ފަހަރު އެވެ. އެއީ 1987 އާއި 1990 ވަނަ އަހަރު އެވެ. އެއީ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާގެ އެހީތެރިކަމާއެކުގަ އެވެ. މިހެންވެ އޭނާ އަކީ އަދިވެސް މި ޝަހަރުގެ ބަތަލެކެވެ. މީގެ ތިން އަހަރު ކުރިން އޭނާ މަރުވުމުން ނަޕޯލީގެ ސްޓޭޑިއަމަށް ނަންކިޔާފައިވަނީ މަރަޑޯނާގެ ނަމުންނެވެ.

ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮއްވައި ނަޕޯލީން ލީގު ކަށަވަރުކުރީ 12 ވަނާގައި އޮތް އުދިނޭޒީއާއެކު ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު 1-1އިން އެއްވަރުކޮށްގެންނެވެ. 33 މެޗުން ނަޕޯލީ އަށް 80 ޕޮއިންޓު ލިބިފައިވާއިރު ދެ ވަނާގައިވާ ލާޒިއޯއަށް ލިބިފައިވަނީ 64 ޕޮއިންޓެވެ.

ނަޕޯލީ އަށް ކޯޗުކޮށްދެމުން އަންނަނީ އުމުރުން 64 އަހަރުގެ ރޯމާގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޗީ އެވެ. މި ތައްޓާއެކު އޭނާ ވެފައިވަނީ އިޓާލިއަން ލީގު ކާމިޔާބުކުރި އެންމެ ދުވަސްވީ ކޯޗަށެވެ.

އިޓާލިއަން ލީގު ކާމިޔާބުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުން ނަޕޯލީގެ ސަޕޯޓަރުންވަނީ މަގުތަކަށް ނުކުމެ ވަރަށް ބޮޑަށް އުފާފާޅު ކުރަން ފަށައިފަ އެވެ. އެ ޓީމަށް ތަށި ދިނުން އޮންނާނީ އަމިއްލަ ދަނޑުގައި މި ހަފުތާގައި ކުޅޭ މެޗަށް ފަހު އެވެ.

ނަޕޯލީގެ ކާމިޔާބީ ފާހަގަ ކުރުމަށް މަގުތައް ޒީނަތްތެރިކޮށްފައި: ތަށި ލިބުނީ 33 އަހަރު ފަހުން - ބީބީސީ
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް