ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 07:23
ހާލަންޑް: ޕްރެމިއާ ލީގުގެ ރެކޯޑް ވަނީ މުގުރާލައިފައި
ހާލަންޑް: ޕްރެމިއާ ލީގުގެ ރެކޯޑް ވަނީ މުގުރާލައިފައި
ޑެއިލީ މެއިލް
ހާލަންޑް
28 އަހަރުވީ ޝިއަރާގެ ރެކޯޑް ހާލަންޑް މުގުރާލައިފި
 
35 ލަނޑު ޖަހައި އެއް ސީޒަނެއްގައި އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މިހާރު ހާލަންޑް

މެންޗެސްޓާ ސިޓީގެ ޒުވާން ފޯވަޑް އާލިން ހާލަންޑް އިނގިރޭސި ޕްރެމިއާ ލީގުގެ 28 އަހަރުވީ ގޯލު ޖެހުމުގެ ރެކޯޑް މުުގުރާލައިފި އެވެ.

ވެސްޓްހޭމް އަތުން ސިޓި 3-0އިން މޮޅުވި މެޗުގައި އޭނާ ޖެހި ގޯލާއެކު މި ސީޒަނުގައި 33 މެޗުން އޭނާ ވަނީ 35 ގޯލު ޖަހައިފަ އެވެ. މިއީ މުޅިން އައު ރެކޯޑެކެވެ. ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަނީ ނިއުކާސަލް އަށް ކުޅުނު އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އެންޑީ ކޯލްގެ އަތުގަ އެވެ. މި ދެ ކުޅުންތެރިން ޖަހާފައިވަނީ 34 ލަނޑެވެ.

ޝިއަރާގެ ރެކޯޑަށް 28 އަހަރު ފަހުން ހާލަންޑް އެ ރެކޯޑް މުގުރާލުމުން ޝިއަރާ ވަނީ ހާލަންޑަށް މަރުހަބާ ކިޔައިފަ އެވެ.

ވަރަށް މޮޅު ކުޅުންތެރިއަކަށް މިރެކޯޑް 28 އަހަރު ފަހުން ލިބުމުން ވަރަށް އުފާވެއްޖެ. އެންމެ މޮޅީ އޭނާ
ޝިއަރާ

ހާލަންޑް ބުނީ ރެކޯޑް މުގުރާލެވި، އަމިއްލަ ރެކޯޑެއް ގާއިމްކުރެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި "މިރެއަކީ ވަރަށް އުފާވެރި ރެއެއް،" ކަމަށެވެ.

އަހަންނަށް ކުރިއަކުން މިކަމެއް ނޭނގެ. އެކަމަކު އަހަރެންގެ ގޯލަކީ ރެކޯޑެއްކަން އެނގުމުން ވަރަށް އުފާވި. އެ ގޯލު ޖެހުމުގެ ހިތްހަމަޖެހުން ވަރަށް ބޮޑުވި. އަހަރެން މިހުރީ ވަރަށް އުފަލުން. މިރެއަކީ ވަރަށް އުފާވެރި ރެއެއް
ހާލަންޑް

އެހާރާއި މިހާރުގެ ޕްރެމިއާ ލީގުގެ ކުޅުންތެރިން ހާލަންޑަށް މަރުހަބާ ކިޔަމުން އަންނައިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ނޯވޭގެ ފޯވަޑަށް ތައުރީފް އޮއްސާލައިފަ އެވެ.

ހަގީގަތުގައި އޭނާ އަށް މި ރެކޯޑް ހައްގު. ސީޒަނުގައި ބާކީ އަދި ފަސް މެޗު އެބައޮތް. މިހާރު އޭނާ 35 ގޯލު ޖަހައިފި. ކިތައް މެޗުގައި އަހަރެން އޭނާ ބެންޗުގައި ބޭންދީ. ކިތައްމެޗުގައި އޭނާ ބަދަލުކުރީ. އެކަން ކުރީ އޭނާ އަށް އަނިޔާއެއް ވެދާނެތީވެ. އެކަން ނުކުރިނަމަ އޭނާ އަދި މާގިނަ ގޯލު ޖަހާނެ. އުމުރުން އެންމެ 22 އަހަރުގައި އޭނާ އަށް މިރެކޯޑް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އޭނާ އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް. އޭނާ އަށް މަރުހަބާ ކިޔަން
ގާޑިއޯލާ
ހާލަންޑް އަށް ސިޓީގެ ކުޅުންތެރިން ގާޑް އޮފް އޮނާ އަރުވަނީ - ޑެއިލީ މެއިލް

ރެކޯޑް މުގުރާލުމުން ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހާލަންޑަށް ގާޑް އޮފް އޮނާއެއް އަރުވައިފަ އެވެ. ނަމަވެސް ގާޑިއޯލާ ބުނީ ހާލަންޑަށް ޕްރެމިއާ ލީގުން ދޭ ގާޑް އޮފް އޮނާއެއް ހައްގު ކަމަށެވެ.

މި އަދަދަށް އޭނާ ގޯލު ޖަހާނެ ކަމަށް ކުރިއެކަކު ވެސް ހިއެއް ނުކުރާނެ. އެތައް މެޗެއްގައި އޭނާ ވަނީ ޓީމު މޮޅުކޮށްދޭ ގޯލު ޖަހާފައި. އޭނާ އަށް ގާޑް އޮފް އޮނާއެއް ހައްގު. އަދި އެއް ދުވަހަކު އޭނާ އަމިއްލަ ރެކޯޑް ވެސް މުގުރާލާނެ
ގާޑިއޯލާ

މި މޮޅާއެކު ސިޓީ އޮތީ ތާވަލުގެ އެއްވަނާގަ އެވެ. އެއީ ދެވަނާގައިވާ އާސެނަލްއަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް