Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 19:21
އަދީބުގެ ގާނޫނީ ވަކީލުން، ސިރާޖު(ކ) އަދި މަހުފޫޒް
އަދީބުގެ ގާނޫނީ ވަކީލުން، ސިރާޖު(ކ) އަދި މަހުފޫޒް
ޓްވިޓަރ
އަދީބުގެ ވަކީލުން
އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ހުށަހެޅި ސިޓީއާ ގުޅިގެން ދެ ވަކީލުން ފުލުހަށް ހާޒިރުކުރަނީ
މިދިޔަ ބުދަ ދުވަހު ވެސް ފުލުހަށް ހާޒިރުކުރި
އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ ރޭވުން
އެކަމުގެ ހަގީގަތް ބަލައި އެފަދަ ކަމެއް ހިނގާނަމަ ހުއްޓުވުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާޜަކޮށްލަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަދީބުގެ ވަކީލުން ހުށަހެޅުއްވި ސިޓީއާ ގުޅިގެން އަނެއްކާވެސް ދެ ވަކީލުންނަށް ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

 

އަދީބުގެ ގާނޫނީ ވަކީލުން، މޫސާ ސިރާޖުއާއި މަހުފޫޒް ސައީދަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 8:00 އަށެވެ.

 

މީގެ ކުރިން ހަމަ އެ ސިޓީއާ ގުޅިގެން، މިދިޔަ ބުދަ ދުވަހު ވެސް ދެ ވަކީލުން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ.

 

އެސިޓީގައި ބުނެފައިވަނީ އަދީބު ދޫނިދޫ ގޮޅީގައި އޮއްވާ އަވަހާރަކޮށްލުމަށް ރޭވުންތަކެއް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

 

ޕޮލިސް ކޮމިޝަނަށް އެޑްރެސް ކުރައްވާ ވަކީލް ފޮނުއްވި ސިޓީގައި އަދީބު އަވަހާރަ ކޮށްލަން ރާވާ ކަމަށް ލިބިފައިވާ މައުލޫމާތު ސައްހަކަން ކަށަވަރު ކުރައްވައި،  ޚާއްސަ ސަމާލުކަމެއް ދެއްވައި، އެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދިފައި ވެއެވެ. އަދި އެފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެދިފައިވެސް ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް