ކ. މާލެ
|
3 މެއި 2023 | ބުދަ 07:56
ސޮސިއެޑާޑްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ކޫބޯ
ސޮސިއެޑާޑްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ކޫބޯ
ސްޕެނިޝް ލަލީގާ
ރެއާލް ސޮސިއެޑާޑް އަތުންވެސް ޗެމްޕިއަން ރެއާލް ބަލި، ކުޑަ އުއްމީދެއްވެސް ނެތް!
 
ބާސެލޯނާއާ ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތް

ރެއާލް ސޮއިއެޑާޑް އަތުންވެސް ބަލިވެ, ޗެމްޕިއަން ރެއާލް މެޑްރިޑަށް ލީގު ދިފާއުކުރަން އޮތް ކުޑަ އުއްމީދުވެސް ގެއްލިއްޖެއެވެ.

ރެއާލް ސޮސިއެޑާޑްގެ ދަނޑުގައި 2-0 ން ބަލިވި މެޗުގެ ދެވަނަ ހާފްގެ ބޮޑުބައި ކުޅެން ޖެހުނީވެސް 10 ކުޅުންތެރިންނާއެކުއެވެ. އެއީ ދެވަނަ ރީދޫކާޑާ އެކު ކަވާޚަލް ރާމޯސްއަށް 61 ވަނަ މިނިޓްގައި ރަތްކާޑް ދެއްކުމުނެވެ. އެކަމަކު އޭރުވެސް ރެއާލް ސޮސިއެޑާޑުން އޮތީ 1-0 ގެ ލީޑެއްގައެވެ. އެއީ ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ކޫބޯ ޖެހި ލަނޑުންނެވެ. ލީޑް ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އަންދްރޭ ބަރެނޭޝިޔާއެވެ. އެއީ ސްޕެއިން ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

މެޗަށް ރެއާލް ނުކުތީ މުހިއްމު ކުޅުންތެރިން ކަމަށްވާ ބެންޒެމާއާއި, ވިނީޝިއުސް ޖޫނިއަރއާއި, ލުކަ މޮޑްރިޗްއާއި, ޑިފެންޑަރ ޑޭވިޑް އަލަބާވެސް ނުހިމަނައެވެ. ލީގުގައި ރެއާލްއަށް ބާކީ އޮތީ ފަސް މެޗެވެ. އެއްވަނާގައި އޮތް ބާސެލޯނާއާ ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މިސީޒަންގައި ރެއާލްއަށް އޮތް އެންމެ ރަނގަޅު ފުރުޞަތަކީ ޗެމްޕިއަންސް ލީގެވެ. އެކަމަކު އެކަން ވާންއޮތީ ސެމީ ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް