Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 15:57
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެ އެމްވީ
ކުރީގެ ނައިބު ރައީސް އަދީބު
އަދީބަކީ 15 ފަހަރަށް މަރަންޖެހޭ މީހެއް ކަމަށް ރައީސް ވިދާޅުވާކަމަށް ބުނާ އޯޑިއޯއެއް!
އަދީބަށް ވަނީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ
މުސްތަފާ ވިދާޅުވީ ރައީސް އެގޮތަށް ވިދާޅުވީ ރެޑްވޭވް ސަލީމު އަރިހުގަ ކަމަށް
ރައީސް އެގޮތަށް ވިދާޅުވިއިރު، މެމްބަރު ހުސައިން މަނިކު ދޮންމަނިކު ހުންނެވި ކަމަށް މުސްތަފާ ވިދާޅުވި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ 15 ފަހަރަށް މަރަންޖެހޭ މީހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެ އެވެ.

އާއްމުވެފައިވާ އޯޑިއޯގައި ވާހަކަ ދައްކަވާ ކަމަށް ލަފާ ކުރެވެނީ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.

މި އޯޑިއާއާ ގުޅިގެން "ރާއްޖެއެމްވީ"އިން މުސްތަފާއަށް ގުޅާލުމުން ވިދާޅުވީ އެ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ކަމަށެވެ.

މުސްތަފާ ރާއްޖެއެމްވީއަށް ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަންކުރެވޭ ގޮތެއް ހަމަޖެއްސޭނެ ގޮތެއް އޮތްތޯ ބެއްލުވުމަށް ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގަތުމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަރިހުން ދެންނެވި ކަމަށެވެ.  ސަލީމް، ރައީސް ޔާމީންގެ އަރިހަށް ވަޑައިގެން އަދީބުގެ ސިއްހީ މައްސަލަތަކުގެ ވާހަކަ ދެއްވި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ. އެވަގުތު ސަލީމުގެ އަރިހުގައި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ވެސް ހުންނެވި ކަމަށް މުސްތަފާ ވިދާޅުވި އެވެ.

އެ އޯޑިއޯއާ ގުޅިގެން ސަލީމްއަށް ގުޅާލުމުން ވިދާޅުވީ އެ އޯޑިއޯގައި މުސްތަފާ އެވިދާޅުވާ ވާހަކަތައް ޖެހޭނީ މުސްތަފާގެ އަރިހުން ސާފުކޮށްލަން ކަމަށެވެ. އަދި އެ އޯޑިއޯގައި މުސްތަފާ ދައްކަވާފައިވާ ވާހަކަތަކަށް ސަލީމް ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެެވެ.

އެ އޯޑިއޯގައި އަދީބުގެ ބަލިހާލަތުހުރި ގޮތުން އަދީބަށް ލުޔެއް ދިނުމަށް ރައީސް ޔާމީންގެ އަރިހުން ސަލީމް އެދިވަޑައިގެންނެވުމުން ރައީސް ޔާމީން ކޯފާވެ ވަޑައިގެން އަދީބަކީ 15 ފަހަރަށް މަރަންޖެހޭ މީހެއްކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީގެ ބަހެއް ލިބޭ ގޮތް ނުވި އެވެ. އޭނާ ފޯނަށް ޖަވާބު ނުދެއްވާއިރު، މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް