ކ. މާލެ
|
1 މެއި 2023 | ހޯމަ 16:37
އަޝްރަފް ހަކީމީ
އަޝްރަފް ހަކީމީ
ގެޓީ އިމޭޖަސް
އަޝްރަފް ހަކީމީ
އަޝްރަފް ހަކީމީ ގަތުމަށް ޔުނައިޓެޑުން 60 މިލިއަން ދޭން ތައްޔާރު
 
ހަކީމީ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2026ގައި

ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން 60 މިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ހަކީމީ އަކީ ޔުނައިޓެޑް ވަރުގަދަ ކުރުމަށް ކޯޗު އެރިކް ޓެންހަގް އެންމެ ގަޔާވާ އެއް ކަނާތުބެކެވެ.

ހަކީމީ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2026ގަ އެވެ. ނަމަވެސް ޕީއެސްޖީގެ މުސާރައަށް ކުރާ ހޭދަތައް ކުޑަކުރުމަށް ބައެއް ކުޅުންތެރިން ވިއްކާލަން ޖެހޭއިރު ހަކީމީ އަކީ އެލިސްޓުގައި ހިމެނުން އެކަށީގެންވާ ކުޅުންތެރިއެއް ކަމަށް ޔުނައިޓެޑުން ދަނީ އުއްމީދު ކުރަމުންނެވެ.

އަނެއްކޮޅުން އިޓަލީ އާއި ސްޕޭނުގައި ވެސް ކުޅެވިފައިވާތީވެ ޕްރެމިއާ ލީގުގައި ކުޅެން ހަކީމީ ވެސް ހުރީ ބޭނުންވެފަ އެވެ. އަދި އޭނާ އަށް ހަފުތާއަކު 215000 ޕައުންޑްގެ މުސާރައެއްދިނުމަށް މެންޗެސްޓާ ޔުނައިޓެޑްގެ އެއްވެސް މައްސަލައެއްނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް