Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 15:51
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަލީ ހަމީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަލީ ހަމީދު
އަލީ ހަމީދު
ފަނޑިޔާރު އަލީ ހަމީދަށް އަވަސް ޝިފާއަކަށް އެދެން: އަދީބު
އަލީ ހަމީދަށް ފަރުވާދޭން ފެށި ބުރާސްފަތި ދުވަހު
އަލީ ހަމީދުގެ ހާލުކޮޅު ދަނީ ރަނގަޅު ވަމުން
އަދީބުގެ ތިން ބައްޔެއް، ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އެދެނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލުން މެދުވެރިކުރައްވައި އަދީބު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަލީ ހަމީދަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

ޖުޑިޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ)ގެ ރައީސް ކަން ވެސް ކުރައްވާ އަލީ ހަމީދަށް ކުއްލި އާލާސްކަންފުޅެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

އަލީ ހަމީދަށް ފަރުވާދޭން ފެށީ މޭފުޅަށް އެރި ތަދަކާ ގުޅިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު މިހާރު ދަނީ ރަނގަޅުވަމުންނެވެ.

އަލީ ހަމީދަށް އަވަސް ޝިފާއެއް ދެއްވުމަށް އަދީބު އެދިވަޑައިގަންނަވާފައިވާއިރު، އަދީބު ވެސް އުޅުއްވަނީ އާލާސްކަންފުޅާ އެވެ. ގްލުކޯމާ ޖެހިފައިވުމާއި، އެތެރެހަށީގެ ސިސްޓް އުފެދުމުގެ އިތުރުން ކިޑްނީގައި ހިލަ ހުރުމުގެ ސަބަބުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން ދަނީ ސަރުކާރުގައި އެދެމުންނެވެ. 

ނަމަވެސް، އަދީބު ފިއްލަވާފާނެ ކަމަށް ބުނެ ސަރުކާރުން ދަނީ އެ ހުއްދަ ދިނުމަށް އިންކާރު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 ޖުލައި 2017 | ހޮނިހިރު 20:47
އަލީ
ހަމަ ބަލި މީހާގެ ވާހަކަވެސް ނޫހުގައި ޖަހަން ޖެހޭތަ ކޮބާބާ ބޭނުމަކީ . ބަލަގަ އެމަނިކުފާނު އަށް އވަސް ޝިފާ އަކއް އެދި ދުކުރަމާ މާރަނގަޅު ވާނެ އެދުުމަތި ކުރަނީ ބަލިވީމަދޯ އެހެން އެ އޮތީ އެނދުމަތީ ގައި.