ކެޕްޓަން ކަރިމް ބެންޒެމާގެ ހެޓްރިކަކާއެކު ރެއާލް މެޑްރިޑުން އަލްމީރާ އަތުން މޮޅެއް ހޯދައިފިއެވެ.
ބައްޔަކަށްފަހު ރެއާލް އަލުން މޮޅެއް ހޯދީ 4-2 ން އަމިއްލަ ދަނޑުގައި އަލްމީރިޔާ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފޯވާޑް ބެންޒެމާ ހެޓްރިކް ހެދިއެވެ. އޭނާ ފުރަތަމަ ދެ ލަނޑު ޖެހީ ފުރަތަމަ 17 މިނިޓްގެ ތެރޭގައެވެ. ހެޓްރިކް ފުރިހަމަކުރީ 42 ވަނަ މިނިޓްގައި ޕެނަލްޓީއަކުންނެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ޖެހީ ރޮޑްރީގޯއެވެ. ބެންޒެމާގެ ދެ ވަނަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީވެސް ރޮޑްރީގޯއެވެ. މެޗުގައި އަލްމީރިޔާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ޖެހީ މާކުއޭސްއެވެ. ރެއާލްއިން ހަތަރު ލަނޑު ޖެހިފަހުން އަލްމީރިޔާގެ ދެވަނަ ލަނޑު ދެވަނަ ހާފްގައއި ޖެހީ ރޮބާޓަންއެވެ. މެޗުގައި ބެންޒެމާ ޖެހި ތިން ލަނޑާއެކު ލަލީގާގެ ތާރީޚުގައި, އެލީގުގައި ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކި ބެންޒެމާއެވެ.
މިމޮޅާއެކު ރެއާލްއަށް ލިބެނީ 32 މެޗުން 68 ޕޮއިންޓެވެ. އެއްވަނާގައި ބާސެލޯނާ އޮތީ 32 މެޗުން 79 ޕޮއިންޓާއެކުއެވެ. ދެޓީމްގެ ދެމެދުގައި 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މެޗުން ރެއާލްއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޗެމްޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރުމުގެ ކުރިން އަލުން މޮޅެއް ހޯދުމެވެ.