Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 13:00
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
އަޒުމޫން އަހުމަދު
އަލީ ހަމީދު
ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅާ ގުޅޭ މައުލޫމާތެއް އައިޖީއެމްއެޗުން ނުދިން!
އަލީ ހަމީދު އެޑްމިޓް ކޮށް ފަރުވާ ދޭން ފެށީ ބުރާސްފަތި ދުވަހު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މަޢުލޫމާތު ދެއްވަމުން، އައިޖީއެމްއެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ، އަލީ ހަމީދުގެ ބޭސްފަރުވާއާ ގުޅޭ އެއްވެސް މައުލޫމާތެއް އައިޖީއެމްއެޗް އަށް ހިއްސާ ނުކުރެވޭނެ ކަމަށެވެ.

މައުސޫމް ވިދާޅުވީ އަލީ ހަމީދުގެ ބޭސްފަރުވާއާ ގުޅޭ މައުލޫމާތު ބޭނުންވާ ނަމަ ކަމާ ބެހޭ މުއައްސަސާތަކަށް ގުޅުމަށް އެދޭ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓަށް ނުވަތަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގުޅައިގެން ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އެއްވެސް މީހެއްގެ ސިއްޙީ ހާލަތާބެހޭ ގޮތުން އެ މީހެއްގެ އާއިލާގެ ހުއްދައާ ނުލާ އެއްވެސް މައުލޫމާތެއް ހާމަނުކުރެވޭނެ ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ސިއްޙީ ހާލަތާ ގުޅޭ މައުލޫމާތު ހާމަ ކުރުމަކީ ހޮސްޕިޓަލްގެ އުސޫލްތަކާ ހިލާފް ކަމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ. އެހެން ކަމުން އަލީ ހަމީދު ޑިސްޗާޖް ކޮށްފިކަން ނުވަތަ ނޫންކަން ވެސް ހާމަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ސިއްޙީ މައްސަލަތަކެއް ދިމާވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމްގައި އަލީ ހަމީދަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އެގްޒެކެޓިވް ވޯޑަށް ބަދަލުކުރައްވާފަ އެވެ.

އަލީ ހަމީދު ހޮސްޕިޓަލަށް ގެންދެވުނީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު އެޑްމިޓް ކުރެވުނީ ހާޓް އެޓޭކެއް ޖެހިގެންނެއް ނޫނެވެ. އަދި މިހާރު އެމަނިކުފާނުގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް