Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 12:51
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ޔާމީންގެ ސިއްހީ ހާލަތު
ރައީސް އަބްދުﷲ ޔާމީން އަލުން ފިޒިއޯތެރަޕީ ހައްދަވަން ފައްޓަވައިފި
ރައީސް ޔާމީން އެފްއޭއެމް ހައުސްގައި ހުންނަ ކްލިނިކަށް ވަދެވަޑައިގަންނަވާ މަންޒަރުވެސް ރާއްޖެޓީވީގެ ނޫސްވެރިންނަށް ފެނިފައިވޭ
ރައީސް ޔާމީން ހުކުރު ދުވަހު އެފްއޭއެމް ހައުސްއަށް ވަޑައިގެންނެވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ދެއްވި ކާރުކޮޅުގައި
މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބޭގޮތްވެފައެއް ނުވޭ

ރައީސް އަބްދުﷲ ޔާމީންގެ އާލާސްކަންފުޅު ގޯސްވެ، އަލުން ފިޒިއޮތެރަޕީ ހައްދަވަން ފައްޓަވައިފިކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެ އެވެ. 

 

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ފިޒިއޮތެރަޕީ ހައްދަވަން މި ފެއްޓެވީ، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހު މަޖިލީހަށް ހުށައެޅުއްވިފަހުން ނެވެ.

 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން، މިދިޔަ ބުރާސްފަތ ި ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ރައީސް ޔާމީން ފިޒިއޮތެރަޕީ ހެއްދެވުމަށް، އެފްއޭއެމް ހައުސްގައި ހުންނަ ކްލިނިކަށް ވަޑައިގަންނަވަ އެވެ. 

 

"ބުރާސްފަތި ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މިތަނަށް ވަޑައިގަންނަވާ. ހުކުރު ދުވަހު ވަޑައިގަތީ ހެނދުނު. އެހެން ދުވަސްތަކުގައި އާންމުކޮށް ވަޑައިގަންނަވަނީ މެންދުރު ވަގުތު. ފިޒިއޮތެރަޕީ ހެއްދެވުމުގައި ގާތްގަނޑަކަށް ދެ ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކުރައްވާ،" ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

 

ހުކުރު ދުވަހު ރައީސް އަބްދުﷲ ޔާމީން އެފްއޭއެމް ހައުސްގައި ހުންނަ ކްލިނިކަށް ވަދެވަޑައިގެންނެވި މަންޒަރުވެސް ރާއްޖެޓީވީގެ ނޫސްވެރިންނަށް ފެނިފައިވެއެވެ.

 

ރައީސް އަބްދުﷲ ޔާމީން ހުކުރު ދުވަހު އެފްއޭއެމް ހައުސްއަށް ވަޑައިގެންނެވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ދެއްވި ކާރުކޮޅުގަ އެވެެ.

 

ރައީސް އަބްދުﷲ ޔާމީން ފިޒިއޯތެރަޕީ ހެއްދެވުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީއަށް މެސެޖްކުރުމުން އޭނާ ޖަވާބުދެއްވާފައިނުވާތީ ރައީސް އޮފީހުގެ ރަސްމީ ބަހެއް ލިބޭގޮތްވެފައެއް ނުވެ އެވެ.

 

މީގެކުރިންވެސް ރައީސް އަބްދުﷲ ޔާމީން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ގިނަ ފަހަރުތަކެއްގެ މަތިން ސިއްހީ ފަރުވާ ހޯދަވާފައިވެއެވެ. އަދި ރާއްޖޭގައި ހުންނަވައިގެންވެސް އެމަނިކުފާނު ސިއްހީ ފަރުވާ ހޯދަވާފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށްވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 ޖުލައި 2017 | ހޯމަ 12:52
ދެރަ މީހާ
ﷲ ގެ ކޯފާއާއި ޢަޒާބު ނޫން ކޯޗެއް؟ //////
10 ޖުލައި 2017 | ހޯމަ 11:52
އަތަމަނަ ހުރާ..
އެޔަށް އެއްވިޔަސް ކަމަށް ނިވެއި،،،،މަކަރަ .ފޭކު...
8 ޖުލައި 2017 | ހޮނިހިރު 18:28
Kerafaa
Yaameen akeeves insaanehveema eyna ves balivaane dhw. Kerafaa nasheedh ves maibadha bindhunehnu? Yaameen baliviyas yaameen kerafaa anni gothah dheenun beyruve ganjaa eh nuboane!
8 ޖުލައި 2017 | ހޮނިހިރު 17:18
މައުމޫން
މަގޭކޮއް އާ ނުބެހޭތި ކިހިނެއްވެގެން ތި އުޅެނީ ދެދުވަހަކު ތިގުރޫޕާ އެކީ ޕޯިއަމް އަކައް އަރާލާއިރަައް.
8 ޖުލައި 2017 | ހޮނިހިރު 14:58
ސަނާ
ޑޮލަރުންތޯ؟ ނުވަތަ ރުފިޔާއިންތޯ؟ އަދި ފިޒިއޮތެރަޕީ ދެނީ ސިކުނޑިއަށްތޯ؟ ނުވަތަ ދުލައްތޯ؟