އަށް ލަނޑުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މާޒިޔާ ދަތުރުކޮށްފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި އެންމެ ފަހުގެ ރަނަރަބް ޓީމާ ދެކޮޅަށް ނުކުންނާނީ ކްލަބް އީގަލްސް އެވެ. އެ ޓީމަކީ 2017 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އީގަލްސް ފައިނަލށް ދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް 2-1އިން ބަލިކޮށްގެންނެވެ.
މާޒިޔާއިން ސަސްކޮޅަށް 38 ވަނަ މިނެޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ގޯލުންނެވެ. އޭގަ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަމްޒާ މުހައްމަދު (ހަމްޕު) އިތުރު ލަނޑެއް ޖެހި އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ފަހު ހާފުގައި ވެސް ގޯލެއް ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ޑިފެންޑަރު އެޑްގަރާސްޖެހި ގޯލާއެކު ފަށައި މާޒިޔާއިން މެޗު ނިންމާލިއިރު ސްޓެފައިން މިހައިލޮވިޗް އާއި މުހައްމަދު އިރުފާން ވެސް ގޯލެއް ޖެހި އެވެ.
ހަ ޓީމު ވާދަކުރި ޕްރެޒިޑެންޓްސް ކަޕަކީ މި އަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ކްލަބް ވެލެންސިއާ އެވެ. އެ ޓީމު މި އަހަރު ކެޓީ ކުޅުނު ދެ މެޗުން ބަލިވެގެންނެވެ.