ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 02:33
މާލެއަށް ވާރޭވެހި ވައިޖެހެނީ
މާލެއަށް ވާރޭވެހި ވައިޖެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ގުގުރާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ވައިޓް އެލާޓް
ހއ އަތޮޅުން ފެށިގެން ގދ އަށް އަދި ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ވަނީ އެލާޓް ނެރެފައި

ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:15ން ފެށިގެން ފަތިހު 5 ޖެހުމާ ހަމައަށް ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރޭކަމަށެވެ. އެސަރަހައްދަށް އެލާޓް ނެރިފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށެވެ.

މީގެއިތުރުން ހއ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށްވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މިސަރަހައްދަށް އެލާޓް ނެރެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1ން ފެށިގެން ފަތިހު 5 ޖެހުމާ ހަމައަށެވެ. އެސަރަހައްދަށް އެލާޓް ނެރެފައިވަނީ ބާރަށް ގުގުރާނެކަމަށް ލަފާކޮށެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށްފައެވެ.

- ކޮމެންޓް