ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލު އެގޮތަށް ގޮވާލެއްވީ އަނިލް އާއި ޝިޔާމު ސްޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށްބުނާ އަޑުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޚަބަރާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެެވެ.
ޖަމީލް ވިދާޅުވީ، މިނިވަން ޝަރުއީ ނިޒާމެއްގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މި ދެ ބޭފުޅުން ވެސް މަގާމު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.
Minivan Sharuee Nizaameh gai kurevigen vaane kameh noon. Mi dhe beyfulhun ves maqaamun isthufaa dhehvan jehey. https://t.co/CGwArtzbvw
— Mohamed Jameel Ahmed (@MJameelAhmed) July 7, 2017
ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން ރާއްޖެއެމްވީއަށް އަށް ވަނީ އެނގިފައެވެ.
އިތުބާރު ހުރި މަސްދަރުތަކުން "ރާއްޖެއެ،ްވީ"އަށް ބުނި ގޮތުގައި ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި، ޗިފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ 10:30 ހާއިރު އެވެ. ނަމަވެސް، އެ ބޭފުޅުން ނުކުމެވަޑައިގެންނެވި ވަގުތެއް މައުލޫމާތު ހިއްސާކުރި ފަރާތަށް ނޭނގެ އެވެ. އަދި ސިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ދިއުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
އަނިލް އާއި ޝިޔާމު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމުގެ އަޑުތަކެއް ފެތުރިފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ މެޖޯރިޓީއާއެކު ހުށަހަޅާފައި ވަނިކޮށެވެ.