ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ލޫކަސް ހަނާންޑޭޒްގެ އަންހެނުން ކުޅުންތެރިޔާގެ ލޯބިވެރިޔާ އަށް ރުޅިބާލައިފި އެވެ.
އިންސްޓަގްރާމުގައި ހަނާންޑޭޒްގެ އަންހެނުން އަމޭލިއާ ލޮރަންޓޯ ބުނެފައިވަނީ އޭނާގެ ފިރިމީހާ މިހާރު ގުޅިގެން އުޅެނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރީގެ ލޯބިވެރިޔާ ކްރިސްޓީނާ ބުކީނޯއާ ކަމަށެވެ. ކްރިސްޓީނާ ޓެގްކޮށް މިކަން އިއުލާނުކުރަމުން އަމޭލިއާ ވަނީ ލޫކަސް ހަނާންޑޭޒަށް އިންޒާރެއް ވެސް ދީފަ އެވެ.
ދެ ފަރާތުން ކުޅުން ހުއްޓާލާ. އަހަރެން ކަލެއަށް މިދެނީ ކްރިސްޓީނާ ބުކީނޯ. ހަނދާން ނައްތާނުލާތި ކަލޭގެ ދެ ކުދިން ދެކެން (މިގެއަށް) ނާދެވޭނެކަން،އަމޭލިއާގެ މެސެޖުގައިވެ އެވެ.
 
                    މި މެސެޖަށް ފަހު އޭނާ ވަނީ އިންސްޓަގްރާމުގައި ހަނާންޑޭޒާއެކު ހުރި ހުރިހާ ފޮޓޯތަކެއް ފޮހެލައިފަ އެވެ.
ފްރާންސްގެ ނޫސްތަކުން ބުނާ ގޮތުގައި އަންހެނުން އަމޭލިއާ އާއި ހަނާންޑޭޒް މިހާރު ވަނީ ވަކިވެފަ އެވެ. އަދި ދެ މީހުން އުޅެމުންދަނީ ވެސް ދެ ގެއެއްގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި އަނިޔާވެގެން ބާލަން ޖެހުނުގޮތަށް ހަނާންޑޭޒް އަދި ކުޅެވޭވަރަށް ފިޓެއްނުވެ އެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
