ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 18:28
ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގުން
އެމްއެންޑީއެފް
ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 17:07 ހާއިރު
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ

ކޮވިޑް-19ގެ ހާލަތުގައި އައިސޮލޭޝަން ފެސިލިޓީއެއްގެގޮތުގައި ބޭނުންކުރި ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެރަށުގައި ނަރސަރީއެއްގެގޮތުގައި ބޭނުންކުރާ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ. މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 17:07 ހާއިރުކަމަށާއި، މިއަލިފާން މިހާރުވަނީ ކޮންޓްރޯލްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް ދުވަސްވަރު އައިސޮލޭޝަން ފެސިލިޓީއެއްގެގޮތުގައި ފަރުކޮޅުފުށި ބޭނުންކުރުމަށްފަހު މިހާރު އެތަން ވަނީ އާންމު ހަފްލާތައް ބޭއްވުމަށް ދޫކުރަން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް