ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 14:32
ރޫޔާ ރާއްޖޭގެ މުބާރާތެއްގައި ދުވަނީ: ފޮޓޯ-އެތްލެޓިކްސް އެސޯސިއޭޝަން
ރޫޔާ ރާއްޖޭގެ މުބާރާތެއްގައި ދުވަނީ: ފޮޓޯ-އެތްލެޓިކްސް އެސޯސިއޭޝަން
ޖޫނިއަރ ރެކޯޑް މުގުރާލުން
ރޫޔާ މުގުރާލީ 22 އަހަރުވީ ރެކޯޑެއް!
ކުރިން ރެކޯޑް އޮތީ ޝަމްހާ އަތުގައި

އެތްލެޓިކްސްގެ 22 އަހަރުވީ ރެކޯޑެއް އުއްމީދީ ދުވުންތެރިޔާ މަރިޔަމް ރޫޔާ އަލީ މުގުރާލައިފިއެވެ.

ރޫޔާ މުގުރާލީ އަންހެން 100 މީޓަރުގެ ޖޫނިއަރ ކެޓަގަރީގެ ރެކޯޑެވެ. އެއީ 21.21 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ ރެކޯޑް މުގުރާލީ ޖެމެއިކާގެ ކިންގްސްޓަންގައި މިއަދު ކުރިއަށްދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގައި ވާދަކޮށްގެންނެވެ. ރޫޔާ ޖެމެއިކާގައި ހުރީ ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕެއްގެ ދަށުން ތަމްރީނު ހޯދުމަށެވެ. 18 އަހަރުގެ ރޫޔާއަކީ ރާއްޖޭގެ އެންމެ އުއްމީދީ އެއް ދުވުންތެރިޔާއެވެ. ރޫޔާ ވަނީ އޭޝިޔަން އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކޮށް 60 މީޓަރު ދުވުމުގެ ރެކޯޑްވެސް ހަދަފައެވެ.

ކުރިން ޖޫނިއަރ ރެކޯޑް އޮތީ ޝަމްހާ އަހުމަދު އަތުގައެވެ. ޝަމްހާ ރެކޯޑް ހެދީ 2001 ވަނަ އަހަރު ވަރލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައެވެ. ޝަމްހާގެ ވަގުތަކީ 12.27 ސިކުންތެވެ. އަންހެން ސީނިއަރ 100 މީޓަރު ދުވުމުގެ ރެކޯޑް އޮންނަނީ އައިޝަތު ހިމްނާ ހަސަން އަތުގައެވެ. ހިމްނާވެސް ތަމްރީނު ހޯދަމުން ދަނީ ޖެމެއިކާގައެވެ.

- ކޮމެންޓް