ކ. މާލެ
|
22 އޭޕްރިލް 2023 | ހޮނިހިރު 12:50
ސިފްކޯ ހިޔާގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ޑިފެންސް މިނިސްޓަރު ބައްލަވާލައްވަނީ
ސިފްކޯ ހިޔާގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ޑިފެންސް މިނިސްޓަރު ބައްލަވާލައްވަނީ
އެމްއެންޑީއެފް
ސިފްކޯ ހިޔާގެ މަޝްރޫއު
ސިފްކޯ ހިޔާގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ތެރޭގައި ނިންމާނެ: އެމްއެންޑީއެފް
ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރޭ
ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ސިފައިންގެ ވެލްފެއަރގެ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވޭ
ފްލެޓްތަކުގެ ބޮޑު ބައެއް ވަނީ ނިމިފައި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެތަނުގައި ދިރިއުޅެވޭނެ

ދިވެހި ސިފައިންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ ފްލެޓް އިމާރާތް "ސިފްކޯ ހިޔާ"ގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ސިފައިންގެ ވެލްފެއަރގެ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ. އެގޮތުން ސިއްހީ ޚިދުމަތްތައް ދިނުމާއި، ޗުއްޓީގެ ކަންކަމުގައި ސިފައިންގެ ބޭފުޅުންނަށް ބޮޑެތި ލުއިތަކެއް ދެވިފައިވާ ކަމަށް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ސިފައިންނާއި، ސިފައިންގެ އާއިލާތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

ސިފްކޯ ހިޔާ ފްލެޓްތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ އެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާތާ މިހާރު ގާތްގަނޑަކަށް 10 އަހަރުވެފައިވާ ކަމަށެވެ. މިހާރު ފްލެޓްތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަަމަށާއި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ފްލެޓްތަކުގައި ދިރިއުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯހިޔާ ފްލެޓް ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފުލެޓްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުއެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ މަޝްރޫއުގެ އޭރުގެ ކޮންޓްރެކްޓަރު ނޫމަޑި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ކުރީ ސަރުކާރުން ބާތިލުކުރުމާއި ގުޅިގެންނެވެ.

ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އިރު އެތަންތަން ވީއެންމެ އަވަހަށް ނިންމައި ހަވާލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދެކެވެ. އެހެންކަމުން އެ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ދަ 23 މެޓަލަރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިންމެޓަލްސްއާ ހަވާލުކޮށްފައެވެ.

- ކޮމެންޓް