Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 18:43
ކުދަކުދިންތަކެއް ކުޅިވަރު ހަރަކާތެއްގެ ތެރެއިން
ކުދަކުދިންތަކެއް ކުޅިވަރު ހަރަކާތެއްގެ ތެރެއިން
އަޝްވާ ފަހީމް
އެޗްްއާރުސީއެމް
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ އަނިޔާ ކުރުމުގެ މައްސަލަ: އެޗްއާރުސީއެމް
އާއިލާ ތެރެއިން ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ހުށަހެޅިފައިވޭ
އާއިލާ ތެރެއިން ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް ހުށަހެޅިފައިވޭ
ތައުލީމް އުނގެނުމަށް ހުރަސްއެޅުމުގެ މައްސަލަތައް ހުށަހެޅިފައިވޭ

މިދިޔަ އަހަރުގެ ފަހު ކުއާޓާރގައި ހިއުމަން ރައިޓަސް ކޮމިޝަނަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހެޅިފައިވާ މައްސަލަތައްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖުލައިން ފެށިގެން ޑިސެންބަރުގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ކުޑަކުދިންގެ ޙައްޤުތައް ގެއްލިގެން ހުށަހެޅިފައިވާ މައްސަލަތަކުގެ ރިވިއު ގައި ބުނެފެއިވާ ގޮތުގައި ކުޑަކުދިންގެ ހައްގުތަށް ގެއްލިގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭަގައި  ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، އުނގެނުމުގެ ޙައްޤު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކާއި، ޢާއިލާ ރޫޅުމުގެ ސަބަބުން، އެކުދިންގެ މަންމަ ނުވަތަ ބައްޕަގެ ފަރާތުން އަނިޔާލިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

އެޗްއާރުސީއެމްގެ ރިވިއުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކުޑަކުދިންނަށް އަނިޔާކޮށްފައިވާ ކަމަށްބުނެ، ޖުމްލަ 13 މައްސަލަ ހުށަހަޅާފައިވާކަމަށް ފާހަގަކުރެވެއެވެ. މިގޮތުން، ހުށަހަޅާފައިވާ އަނިޔާގެ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކާއި، ޖިންސީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކާއި، އަދި އެކިގޮތްގޮތުން އިޙުމާލު ވެފައިވާ މައްސަލަތައް ހިމެނެއެވެ.

ޖިސްމާނީ އަނިޔާކަމުގައި ބަލާފައިވާނީ ޢާއިލާގެ ތެރެއިން، މަންމަ، ނުވަތަ ބައްޕަ، ނުވަތަ ގޭގައި ދިރިއުޅޭ، ނުވަތަ ޢާންމުކޮށް ގެއަށް ވަދެ ނިކުމެ އުޅޭ މީހުންގެ ފަރާތުން ކުދިންނަށް ދޭ ޖިސްމާނީ އަނިޔާއަށެވެ. މިގޮތުން ޖިސްމާނީ އަނިޔާގެ 02 މައްސަލައެއް 2016 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. މި 02  މައްސަލައަކީވެސް ކުދިންގެ މަންމަ ކުދިންނަށް އަނިޔާކުރާކަމަށް ބުނެ ޢާއިލާގެ ފަރާތްތަކުންނާއި އަދި އަވަށްޓެރިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ކަމަށް ބުނެ ތަފާތު 06 މައްސަލަވަނީ 2016 ވަނަ އަހަރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާފައެވެ. މީގެތެރެއިން ބޮޑަށް ފާހަގަކުރެވިފައިވަނީ، ކުއްޖާގެ ޢާއިލާގެ ތެރެއިން، ނުވަތަ ގާތްތިމާގެ މީހެއްގެ ފަރާތުން ކުދިންނަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލަތަކެވެ.

މިގޮތުން 2016 ވަނަ އަހަރުގެ ފަހު ކުއާޓާރގައި ކޮމިޝަނަށް ހުށަހެޅުނު ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހެޅިފައިވާ މައްސަލަތަކެވެ.

ރިވިއުގައި ބުނެފައިވާ ގޮތުގައި އިޙުމާލުގެ މައްސަލައިގެ ގޮތުގައި ބަލާފައިވާނީ ޢާއިލާގެ ފަރާތުން ކުދިންނާ މެދު ވާ އިޙުމާލުގެ ސަބަބުން ކުދިންގެ ހައްޤުތަކެއް ގެއްލިގެން ހުށަހެޅިފައިވާ މައްސަލަތަކާއި، ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގައި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައި ވީނަމަވެސް، އެއިދާރާތަކުން މި ފަދަ މައްސަލަތަކުގައި އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުދިންނަށް ގެއްލޭ ހައްޤުތަކުގެ މައްސަލައެވެ. މިގޮތުން، ޢާއިލާގެ ފަރާތުން އިޙުމާލުވެގެން ހުށަހަޅާފައިވާ03 މައްސަލައަކާއި، ދައުލަތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، އެ މައްސަލަތައް ބެލުމުގައި ނުވަތަ ޙައްލުކޮށްދިނުމުގައި ލިބެންވާ މިންވަރަށް އެއްބާރުލުން ނުލިބުމުގެ ސަބަބުން ހުށަހަޅާފައިވާ 02 މައްސަލަ ހިމެނެއެވެ.

ރިވިއުގައި ބުނެފައިވާ ގޮތުގައި  ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމުގައި ރިޢާޔަތްކޮށްފައިވަނީކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި ޤާނޫނުއަސާސީގެ 34 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ) އާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު އާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު  އާއި، ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް