Advertisement
ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 13:19
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
މަރު ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ އަމަލު ކުރުންމަތީ ދެމިތިބެންޖެހޭ: ޚުތުބާ
ފުރިހަމަ މުއުމިނަކު ދުވަހަކު ވެސް ހެޔޮ އަމަލު ކުރުމަށް އަލްވަދާއެއް ނުކިޔާނެ
އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަ ކަމެއް ނޫން
ޝައްވާލު މަހުގެ ހަ ރޯދައި ހިފުމަށް ނަސޭހަތްތެރިވެފައިވޭ

މަރު އަހަރެމެންނާއި ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ރަމަޟާން މަހަށްފަހު ހެޔޮއަމަލު ކުރުންމަތީ ތެމިތިބޭށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ރަމަޟާން މަސް އަހުރެމެނާ އަލްވަދާއު ކިޔައިފި ކަމަށާއި، ނަމަވެސް އެމަހުގެ ވެރި ﷲ ދިރި ދެމިވޮޑިގެންވާ ކަމަށެވެ. ފުރިހަމަ މުއުމިނަކު ދުވަހަކު ވެސް ހެޔޮ އަމަލު ކުރުމަށް އަލްވަދާއެއް ނުކިޔާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޔަގީންވެގެންވާ މަރު އަހަރެމެންނާއި ބައްދަލުކޮށްފުމަށް ދާންދެން ހެޔޮ އަމަލު ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށެވެ.

Advertisement

ޚުތުބާގައި ބުނީ އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށާއި، މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭ ކަމަށެވެ. އަދި މުސްލިމަކު ހެޔޮ އަމަލެއް ކުރުމަށްފަހު އެންމެ މުހިންމުކަމަކީ އެ އަމަލު ގަބޫލުކުރައްވާތޯ ދެންނެވުމާއި، އެކުރެވުނު ހެޔޮއަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީގަށް އެދި ދުއާ ދެންނެވުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. މާނައީ: ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ.
ހުކުރު ޚުތުބާ

ނިމިދިޔަ ރަމަޟާންމަހަށް އިޝާރަތްކޮށް ޚުތުބާގައި ބުނީ ތިބާގެ އަމަލުތައް ހުރިގޮތާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ. ގަވާއިދުން ބަރާބަރަށް ފަރުޟު ފަސްނަމާދު ކުރެވުނު ކަމުގައިވާނަމަ އެ ނަމާދުތައް ކުރުން ރަމަޟާންމަހަށްފަހުގައި ވެސް އެގޮތުގައި ދަމެހެއްޓުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. މީގެ އިތުރުން ޚުތުބާގައި ބުނީ ރަމަޟާން މަސް އަހަރުމެންނާއި ވަކިވެ ދިޔައީ ޝައްވާލު މަހުގެ ހަ ރޯދައިގެ ނިއުމަތަށް މަގުފަހިކޮށްދީފައި ކަމަށާއި، އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިގަންނަންޖެހޭ ކަމަށެވެ.

ރަމަޟާން މަހު އަޅުކަން ކުރުމުގައި ފަރުވާ ކުޑަކުރެވުނު އަޚުންނަށް ނިސްބަތްކޮށް ޚުތުބާގައި ބުނީ ގިނަގިނައިން ތައުބާވެ މާތްﷲ އަށް އިސްތިއުފާރު ކުރަންޖެހޭ ކަމަށެވެ. އަދި އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވާ ފާފަ ފުއްސަވާ ރަސްކަލާނގެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކާ އަމިއްލަ ނަފުސަށް ބޮޑާވެ ފަހުރުވެރިވެ އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ އެއަމަލުތައް ބާތިލުވެގެން ހިނގާދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް