މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގުން ކެޓުމުގައި ކުށްވެރިންނަކީ ދަނޑުމަތީގައި ތިބި ކުޅުންތެރިން ކަމަށް ކޯޗު އެރިކް ޓެންހާގް ބުނެފި އެވެ.
ސެވިއްޔާ އަތުން 3-0އިން ބަލިވެ، ޖުމުލަ ނަތީޖާ 5-2އިން މުބާރާތުން ކެޓުމުން ކޯޗު ބުނީ މި މެޗުގައި ނުކުޅޭ ކުޅުންތެރިއަކާ މި ނަތީޖާއާ ގުޅުމެއް ނެތް ކަމަށެވެ.
މައްސަލައަކީ އެމީހުންނެއް ނޫން (މެޗުގައި ނުކުޅެވުނު ކުޅުންތެރިން). ކުށްވެރިވާނީ ދަނޑުމަތީގައި ތިބި ކުޅުންތެރިން. އެމީހުން ޕާފޯމް ކުރަންޖެހޭ. (މިރޭ ނުކުޅެވުނަސް) އަހަރެން ގަބޫލުކުރަން އަދި އިތުބާރު ކުރަން އެމީހުންނަށް. މިރޭ އެކުޅުންތެރިންނަށް އެންމެ ރަނގަޅަށް ނުކުޅެވުނު،"ޓެން ހާގް
ކުޅުންތެރިންނަށް އަދިވެސް އިތުބާރުކުރާނަންތޯ ތަކުރާރުކޮށް އެހުމުން އެކަމަށް ކޯޗު ވަނީ އާނ ބަސް ބުނެފަ އެވެ.
އާނ. އަހަރެން އިތުބާރު ކުރަން. ސަބަބަކީ އެމީހުން ވަނީ ވަރަށް ގިނަ މެޗުތަކުގައި ވަރަށް ރަނގަޅަށް ކުޅެފައި. އެކަމަކު މިރޭގެ މެޗުގައި އަހަރުމެން (ކުޅުންތެރިން) ތިބީ މެޗަށް އެންމެ ފުރިހަމައަށް ގިނަ ވަގުތު ތައްޔާރުވެގެނެއްނޫން. އެހެން ވެގެންނުވާނެ. މި ލެވެލްގައި ކުޅޭއިރު ހާއްސަކޮށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭއިރު ކޮންމެ މެޗަކަށް ވެސް ތިބެންވާނީ ތައްޔާރުވެގެންޓެން ހާގް
މި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުނީ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗަކީ ކަންތައްތަކެއް ރަނގަޅު ކުރެވިއްޖެކަން ސާބިތުކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ނަމަވެސް ދެން ވެސް އޮތީ މަސައްކަތް ކުރުން ކަމަށެވެ.
މިކަން މިނިމިދިޔައީ. މިކަން ދެން ބަދަލެއް ނުކުރެވޭނެ. އެކަމަކު މިއީ މައްސަލައެއް. އަހަރުމެން ދެން ވެސް އިތުރަށް މަސައްކަތްކޮށްގެން ކުރިއަށްދާން ވިސްނަންވީ. އާދީއްތަ ދުވަހު (އިނގިރޭސި ލީގުގައި) މުހިންމު މެޗެއް އަނެއްކާ ވެސް އެބައޮތްޓެން ހާގް
ޓެން ހާގް ބުނީ މި މެޗުގައި ބަލިވީ ހަދައިގެން ނުވާނެވަރުގެ މިސްޓޭކްތަކެއް ހަދައިގެން ކަމަށެވެ.
ސަޕޯޓަރުން ހީކުރާނީ އަހަރުމެން ހަދާ މިސްޓޭކްތަކާ ޑީލް ކުރާނެ ކަމަށް. އެކަމަކު އެވަރުގެ ބޮޑެތި މިސްޓޭކްތައް ހެދީމަ ދެން އެކަމާ ގިނަ ފަހަރު ޑީލް ނުކުރެވޭނެ. ބޮޑު މިސްޓޭކްތަކެއް ހަދައި، ގޯސް ނިންމުންތަކެއް ނިންމައިފިނަމަ ފުޓްބޯޅަ މެޗަކުން މޮޅެއްނުވާނެޓެން ހާގް
މި މެޗުގައި ޖެހި ފުރަތަމަ ގޯލަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހެދި ބޮޑު މިސްޓޭކެކެވެ. ފަހަތުން ކީޕަރު ޑޭވިޑް ޑެހެޔާ، އޭނާ އަށް ދިން ބޯޅަ ޕެނަލްޓީ އޭރިޔާގެ ބޭރުން އަރިމައްޗަށް ޕާސްކުރަން އުޅެނިކޮށް މެގުއާއަށް ބޯޅަ ދެވުނީ އޭރިޔާ ތެރޭގައި ހުރި ސެވިއްޔާގެ ނަސީރީގެ ފަޔަށެވެ. އޭނާ ގޯލަށް ބޯޅަ ފޮނުވާލީ އެއްވެސް ހުރަހެއްނެތި އެވެ. މި ބޯޅަ ޑެހެޔާއަށް ލިބުނުއިރު އޭނާ ވަށައިގެން ކަހަލަ ގޮތަކަށް ސެވިއްޔާގެ ތިން ކުޅުންތެރިން ތިއްބެވެ.