ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 07:25
މުބާރާތުން ކެޓުމުން ޔުނައިޓެޑްގެ ފޯވަޑް ރަޝްފޯޑް ދެރަވެފައި
މުބާރާތުން ކެޓުމުން ޔުނައިޓެޑްގެ ފޯވަޑް ރަޝްފޯޑް ދެރަވެފައި
ޑެއިލީ މެއިލް
ޔޫރޮޕާ ލީގް
މެގުއާ މިސްޓޭކް ހަދައި، ޔޫރޮޕާ ލީގުން ޔުނައިޓެޑް ކަޓައިފި
ޔުވެންޓަސް އާއި ލެވަކޫސަން ވެސް ވަނީ ސެމީ އަށް ދަތުރުކޮށްފައި

ސްޕޭނުގެ ސެވިއްޔާ އަތުން 3-0 އިން ބަލިވެ ޖުމްލަ ނަތީޖާ 5-2އިން ޔޫރޮޕާ ލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވީ 2-2އިންނެވެ. ނަމަވެސް ރޭގެ ބައްޔާއެކު ސެމީ ފައިނަލަށް ނުގޮސް އެ ޓީމުން މުބާރާތާ ވަކިވާން ޖެހުނުއިރު ސެވިއްޔާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

މި މެޗުގައި ޔޫސުފް އެން ނަސީރީ ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ ލޮއިސްބާޑޭ އެވެ. މި މެޗުގައި ނަސީރީ ޖެހިމެޗުގެ ފުރަތަމަ ގޯލަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހެދި ބޮޑު މިސްޓޭކެކެވެ. ފަހަތުން ކީޕަރު ޑޭވިޑް ޑެހެޔާ، އޭނާ އަށް ދިން ބޯޅަ ޕެނަލްޓީ އޭރިޔާގެ ބޭރުން އަރިމައްޗަށް ޕާސްކުރަން އުޅެނިކޮށް މެގުއާއަށް ބޯޅަ ދެވުނީ އޭރިޔާ ތެރޭގައި ހުރި ނަސީރީގެ ފަޔަށެވެ. އޭނާ ގޯލަށް ބޯޅަ ފޮނުވާލީ އެއްވެސް ހުރަހެއްނެތި އެވެ. މި ބޯޅަ ޑެހެޔާއަށް ލިބުނުއިރު އޭނާ ވަށައިގެން ކަހަލަ ގޮތަކަށް ސެވިއްޔާގެ ތިން ކުޅުންތެރިން ތިއްބެވެ.

މުބާރާތުން ކެޓުމުން ޔުނައިޓެޑްގެ ހެރީ މެގުއާ ދެރަވެފައި - ޑެއިލީ މެއިލް

ޔުވެންޓަސް އާއި ލެވަކޫސަން ވެސް ސެމީ އަށް

ސެމީ ފައިނަލުގައި ސެވިއްޔާއަށް ވާދަކުރަން ޖެހޭނީ އިޓަލީގެ ޔުވެންޓަސްއާ އެވެ. އެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ބަލިކޮށްފަ އެވެ. އެއީ 2-1ގެ ޖުމުލަ ނަތީޖާއިންނެވެ. މި ދެ ޓީމު މިރޭ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.

ސެމީ ފައިނަލުން ދެން ޖާގަ ހޯދީ ޖަރުމަނުގެ ބަޔާން ލެވަކޫސަން އެވެ. އެ ޓީމު ސެމީ އަށް ދިޔައީ ބެލްޖިއަމްގެ ޔޫނިއަން އެސްޓީ 4-1އިން ބަލިކޮށްފަ އެވެ. ލެވަކޫސަން ސެމީގައި ވާކުރަން ޖެހޭނީ ނެދަލޭންޑްސްގެ ފޭނޫޑާއި އިޓަލީގެ ރޯމާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

- ކޮމެންޓް