Advertisement
ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 21:28
ލޯންޗުގައި އަލިފާން ރޯވެފައި
ލޯންޗުގައި އަލިފާން ރޯވެފައި
ސޯޝަލްމީޑިއާ
ދެ ލޯންޗެއްގައި އަލިފާން ރޯވުން
ހިންމަފުށީ ގޮނޑުދޮށުގައި އޮތް ދެ ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
ދެ ލޯންޗުވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

ކ. ހިންމަފުށީ ގޮނޑުދޮށުގައި އޮތް ދެ ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.

ފުލުހުން ބުނީ, ބުރާސްފަތި ދުވަހު އިރުއޮއްސި 6:35ހާއިރު, ހިންމަފުށީގައި އެހެލާފައިވާ ލޯންޗެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މިހާދިސާގައި އަލިފާން ރޯވި ލޯންޗާ ޖެހިގެން އޮތް އެހެން ލޯންޗެއްގައިވެސް އަލިފާން ހިފައި ދެ ލޯންޗުވެސް ވަނީ ބޭނުން ކުރެވޭވަރަށް އަނދާފައިކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

Advertisement

ލޯންޗްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. މިހާދިސާ ހިނގަން މެދުވެރި ސަބަބެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއްނުވެއެވެ.

މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް