ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 03:27
ހާލާންޑް ލަނޑުޖެހުމަށްފަހު ޓީމް ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ހާލާންޑް ލަނޑުޖެހުމަށްފަހު ޓީމް ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސް ލީގު
ފުރަތަމަ ލެގުގެ ނަތީޖާއިން ސިޓީ ސެމީއަށް!
 
ސެމީގައި ސިޓީއާއި ރެއާލް

ކްއާޓާ ފައިނަލް ދެވަނަ ލެގު އެއްވަރުވިޔަސް, ފުރަތަމަ ލެގުގައި ހޯދި ބޮޑު މޮޅުގެ ސަބަބުން މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗަށް ނިކުއިންއިރުވެސް 3-0އިން މެންޗެސްޓަރ ސިޓީ ކުރީގައި އޮތުމުން އާދަޔާހިލާފް ނަތީޖާއެއް ނެރިގެން ނޫނީ ކުރިއަށް ދިއުމުގެ ފުރުޞަތެއް ބަޔާންއަކަށް ނެތެވެ. ސެމީފައިނަލްގައި މެންޗެސްޓަރ ސިޓީ ވާދަކުރަން ޖެހޭނީ ޗެމްޕިއަން ރެއާލް މެޑްރިޑާއެވެ. ރެއާލް ސެމިއަށް ދަތުރުކުރީ ދެ ލެގުގައިވެސް ޗެލްސީ ބަލިކޮށްގެންނެވެ.

ބަޔާން މިއުނިކްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ރޭ އެއްވަރުވީ 1-1 ނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށް ފަހު ދެވަނަ ހާފްގައި ކުރިހޯދީ ސިޓީންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރަށް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލައިގެން ލަނޑު ޖެހީ އާލިން ހާލަންޑެވެ. އޭގެކުރިން ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީ ހާލާންޑް އަތުން ބޭކާރުވިއެވެ. މެޗުގައި ޖެހި މި ލަނޑާއެކު މިސީޒަންގައި ހާލާންޑް ސިޓީއަށް ޖަހައިދިން ލަނޑުގެ އަދަދަކީ 48 އެވެ.

ބަޔާންއިން ނަތީޖާ ހަމަހަމަކުރީ 83 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަކަންޖީ އަތުގައި ޖެހުމުން ވީއޭއާރުން ޔަޤީންކުރުމަށްފަހު ދިން ޕެނަލްޓީ ކާމިޔާބުކުރީ ހޯޝުއާ ކިމިޗްއެވެ. އޭނާ ޕެނަލްޓީ ފޮނުވާލީ ގޯލުގެ ސީދާ މެދުން މަތީ ދާގަނޑަށެވެ. އޭގެކުރިން ބަޔާންއިން ޖެހި ލަނޑެއް އޮފްސައިޑްވުމުން ރެފްރީ ބަލައިނުގަތެވެ.

މެޗުގެ ނަތީޖާ އަނބުރާލަން ބަޔާންއިން މެޗުގެ ފަހުބައިގަ ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި ބަޔާންގެ ބެންޗް ކައިރިން ޓީމްގެ ކުޅުންތެރިއަކަށް އެމެރިކް ލަޕޯޓް ކުރި ފައުލަކާ ގުޅިގެން ކޯޗު ޓުޗެލް ހިތްހަމަނުޖެހުން ފާޅުކުރުމުން އޭނާ އަށް ސީދާ ރަތްކާޑެއް ދެއްކިއެވެ. ލަޕޯޓް ކުޅެން ނިކުތީ ދެވަނަ ހާފްގައި ނަތަން އަކޭއަށް އަނިޔާވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
0%
0%
0%
0%
0%
0%
ކޮމެންޓް