Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 14:32
ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
އަސޭލާ
އަސޭލާއާ ރާއްޖޭގެ މަޖިލިސް މެމްބަރުންތަކެއް ބައްދަލު ކޮށްފި
މި ދަނޑިވަޅަކީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ މެމްބަރުންތަކެއް ކޮޅުނބުގައި އުޅުއްވާ ދަނޑިވަޅެއް
މެމްބަރުން ވަޑައިގަތީ ކެމްޕޭން ދަތުރެއްގައި ކަމަށް އެސްޖީ ޚަލީލު ވިދާޅުވެފައިވޭ
އަސޭލާ ކުރިން ބުނެފައިވަނީ އޭނާއަކީ ސިހުރު ހަދާ މީހެއް ކަމަށް

ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކުރީގެ ޓްރޭޑް ރިޕްރެސެންޓެޓިވް އަސޭލާ ވިކްރަމަސިންހަ އާ ރާއްޖޭގެ ޕާލިމެންޓް މެމްބަރުންތަކެއް ބައްދަލު ކޮށްފިއެވެ.

އަސޭލާ އެކަން ހާމަ ކުރީ އޭނާ ކޮށްފައިވާ ޓުވީޓެއްގައެވެ.

ބުރާސްފަތި ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އޭނާއާ އެކު ބޭއްވި ރޭގަނޑުގެ ކެއުމަށް ޝުކުރު އަދާކުރާ ކަމަށާއި، ރާއްޖޭގެ ޕާލިމެންޓްގެ މެމްބަރުން ތަކަކާއެކު ރަނގަޅު ވަގުތު ކޮޅެއް ހޭދަކޮށްލެވުނު ކަމަށެވެ.

އަސޭލާ ބައްދަލު ކުރީ ކޮން މެމްބަރުންނެއް ކަން ބުނެފައެއް ނުވެއެވެ.

 

އަސޭލާ މި މޭރުމުން ޓުވީޓް ކޮށްފައިވާއިރު، މި ދަނޑިވަޅަކީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންތަކެއް ކޮޅުންބަށް ޒިޔާރަތް ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.

ކޮޅުނބަށް ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ކުރައްވަމުން ގެންދަވާ ދަތުރަކީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ އަބްދުﷲ ޚަލީލް ވިދާޅުވެފައިވާ ގޮތުން ކެމްޕޭން ކުރުމުގެ ގޮތުން ކުރާ ދަތުރެކެވެ.

ކޮޅުނބަށް ޒިޔާރަތް ކުރާ ޓީމުގައި ހިމެނޭ މެމްބަރު ފަލާހު އާއި މެމްބަރު ނިހާނުގެ ފޮޓޯއެއް ހުކުރު ދުވަހު ނިހާން ވަނީ ޓުވީޓް ކުރައްވާފައެވެ. އެ ޓްވީޓުގައި ނިހާނު ހަމައެކަނި ވިދާޅުވެފައިވަނީ، "ބިޒީ ކޮށް މަސައްކަތުގައި" ކަމަށެވެ. ފޮޓޯ އިން ފެންނަ ގޮތުން ފަލާހު ހުންނެވީ ފޯނެއްގައި ވަރަށް ހާސްވެފައެވެ. ނިހާނުގެ މޫނުމަތިންވެސް ފެނިފަވަނީ މާޔޫސް ކަމާއި ނުތަނަވަސް ކަމެވެ.

 

އަސޭލާ ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވަކި ފަރާތެއް މޮޅު ކުރުމަށް ސިހުރު ހަދައިދިނުމަށް ރާއްޖެ އައިސް އުޅުނު މީހެއް ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ބެލުމަށް ދައުލަތުގެ އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
7 ޖުލައި 2017 | ހުކުރު 16:43
ޙުސެން
Nihaan buni gothah kulhey game badhalkoh fandithain idhikolhumeehun balikuran hifeethaa.
7 ޖުލައި 2017 | ހުކުރު 16:28
ލޮލް
މިވެސް ޚަބަރު؟
7 ޖުލައި 2017 | ހުކުރު 15:51
Banner
Nihaan aa falah act kuraa kan nulaahiku reethikoh igey. Maayoos vegen kamah dhakkaigen. Varah molhuvaane emeehun act kuran meehunge kurimatheega