ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 22:56
ފިތުރު އީދުގެ ހަނދު ސާބިތުކުރުން
ފިތުރު އީދުގެ ހަނދު ސާބިތުކުރުން
ނޭޝަނަލް ޖިއޮގްރަފިކް
އީދު ދުވަސް
ފަލަކީ ހިސާބުތައް ދައްކާގޮތުން އީދު ވާނީ ހުކުރަށް: މައުމޫން
 
އައިއޭސީން ލަފާކޮށްފައިވަނީ މިފަހަރުގެ ފިތުރު އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް

ފަލަކީ ހިސާބުތައް ދައްކާގޮތުން ފިތުރު އީދު ވާނީ އަންނަ ހުކުރު ދުވަހަށް ކަމަށް, ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ ޓްވިޓަރގައި، އީދު ވަނީ ކޮން ދުވަހަކުތޯ ސުވާލުކުރުމާ ގުޅިގެންނެވެ.

ފަލަކީ ހިސާބުތައް ދައްކާގޮތުން އީދު ވާނީ އަންނަ ހުކުރު ދުވަހަށް ކަމަށް މައުމޫން ވިދާޅުވެފައިވާއިރު، އިންޓަރނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރ (އައިއޭސީ)ން ލަފާކޮށްފައިވަނީ މިފަހަރުގެ ފިތުރު އީދު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށެވެ. އައިއޭސީން ބުނެފައިވާގޮތުން އަންނަ ބުރާސްފަތި ދުވަހު ޝައްވާލް މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.

މުސްލިމުން ފިތުރު އީދު ފާހަގަކުރަނީ އެންމެހައި މުސްލިމުންގެ މައްޗަށް މާތްﷲ ފަރުޟުކުރެއްވި ރޯދަ ރަމަޟާންމަހުގައި ހިފައި ނިމުމަށްފަހު އެކަމުގެ އުފަލުގައެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މިއަންނަ ހުކުރު ދުވަހެވެ.

މީގެއިތުރުން މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް އިސްލާމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިނިސްޓްރީން ބުނީ, އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް, މޫސުން ތަންދޭނަމަ މާލޭގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަނަކީ; މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު، މަސްޖިދުލް މަލިކް ސަލްމާން (މިސްކިތާއި މާބްލް ސަރަހައްދު)، ހުޅުމާލެ ފޭސް 1 ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2 ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަހައްދު) އަދި ވިލިމާލޭ ފުޓްބޯޅަ ދަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި