ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޝްވަތު ދެއްވިއަސް އެއީ ޖާއިޒުކަމެއްކަމަށާއި، އެކަމަކު އެހެން މީހަކު ރިޝްވަތު ދީފިނަމަ އެމީހަކު ލާނީ ޖަލަށްކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރެއްގެ ގޮތުގައިވެސް ހުންނެވި މުސްތަފާ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވޯޓުން ވިޔަފާރި ކުރިއަސް އެއީ ޖާއިޒު ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ރިޝްވަތު ދެއްވިއަސް ޖާއިޒުކަމަށެވެ. އެހެން ނަމަވެސް އެހެން މީހަކު އެ ޒާތުގެ ކަމެއް ކުރާ ކަމަށް ތުހުމަތު ވިޔަސް ލާނީ ޖަލަށް ކަމަށް މުސްތަފާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
RJ Vote in viyafaari kuriyas Eii jaaizu kameh RJ Risvathu dhehviyas Jaaizu.Ehen Meehaku e zaathu kamehkuraa kamah thuhumathu viyas Jail.
— Mohamed Musthafa (@Thimarafushi) July 6, 2017
މުސްތަފާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދެއްވި އެއްޗިއްސަކީ ޖާއިޒު އެއްޗެހިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިފުޅުމަތީ ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
MMPRC ge case thakaa gulhugen RY vidhaalhuvi RJ dhehvaa ehchehsakee Jaaizu ehchehi kamah e thah baivaru MPs kurimathee ga
— Mohamed Musthafa (@Thimarafushi) July 6, 2017
މުސްތަފާ މިގޮތަށް ޓްވީޓު ކުރައްވާފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް 45 މެމްބަރުންގެ ސޮއި ހޯދީ ރިޝްވަތު ދީގެންކަމަށް ސަރުކާރު ނިސްބަތްވާ ފަރާތްތަކުން ބުނަމުންދާކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ. ރައީސް ޔާމީން ވަނީ އެ ޚިޔާނާތަށް ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިލައްވާފައެވެ. މައްސަލައެއް ދެވަނަ ފަހަރު ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައިވެއެވެ.