Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 02:53
އެމްޑީޕީގެ އަހަރީ ޝޯގައި ޒުވާނުންތަކެއް ލަވަ ހުށަހަޅާދެނީ
އެމްޑީޕީގެ އަހަރީ ޝޯގައި ޒުވާނުންތަކެއް ލަވަ ހުށަހަޅާދެނީ
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީގެ އަހަރީ ދުވަހުގެ ސްޓޭޖް ޝޯ ބާއްވައިފި
މި ޝޯ ބަލަން ގިނަ ބަޔަކު ވަނީ ގޮސްފަ
ކޮންމެ އަހަރަކުވެސް އަހަރީ ދުވަސް ފާހަގަ ކުރަން މި ފަދަ ހަރަކާތެއް ބާއްވާ

ރާއްޖޭގައި އުފެދުނު އެންމެ ފުރަަތަމަ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ސްޓޭޖް ޝޯއެއް ބާއްވައިފި އެވެ. މި ޝޯ އޮތީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ މައި ހަރުގޭގައި އެވެ. 

 

މި ޝޯގައި ރާއްޖޭގެ ފުންނާބު އުސް މިޔުޒީޝަނެއް ކަމަށްވާ މުހައްމަދު މަޖިދު (މެޒޯ މުހައްމަދު) ވަނީ ލަވަ ހުށަހަޅާދީފަ އެވެ. އޭނާ ހުށަހެޅި ބައެެއް ލަވަތަކުގައި ރާއްޖޭގެ މި ވަގުތު ސިޔާސީ މަޝްރަހާ ގުޅުންހުރި ލަވަތައް ވަނީ ހުށަހަޅާފަ އެވެ. އޭގެ އިތުރުން ބައެއް އިޝްގީލަވަތައް އޭނާގެ އަޑުހުން މި ޝޯގައި އިވިގެން ދިޔަ އެވެ.

ދެން މި ޝޯގައި ފެނިގެން ދޔަ ހާއްސަ އެއް ފަންނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ހާބުރި އިބްރާހިމް ރަޝީދެވެ. މި ނޫންވެސް ރާއްޖޭގެ މަޝްހޫރި ބައެއް މިޔުޒީޝަނުން ބައިވެރިވި އެވެ. 

 

އެމްޑީޕީން ވަނީ އެ ޕާޓީގެ މައި ހަރުގޭގައި ޕާޓީގެ ބޮޑު ދިދައެއްވެސް ބުރާސްފަތި ދުވަހުގެ ނަގާފަ އެވެ. އޭގެ އިތުުރުން ފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި އެމްޑީޕީ ހޭދަ ކޮށްފައިވާ ދުވަސްތަކުގެ މައްޗަށް ބަލައި ބައެއް މީހުންގެ ހިތުގައި އުފެދިފައިވާ ޝުއޫރުތައް މި ޝޯގެ ތެރޭގައި ހިއްސާކުރި އެވެ. 

އެމްޑީޕީގެ އަހަރީ ދުވަހުގެ މި ހަރަކާތްތަކުގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީގެ މެމްބަރުން ވަނީ ބައިވެޑައިގެންފަ އެވެ. މީގެ އިތުރުން އާންމު ގިނަ ބަޔަކު މި ޝޯބެލުމަށްގޮސްފަ ވެ އެވެ.

 

އެމްޑީޕީން ކޮންމެ އަހަރަކުވެސް އަހަރީ ދުވަސް ފާހަގަ ކުރުމަށް ޕާޓީގެ އާންމު ގިނަ މެމްބަރުނަށް ބައިވެރިވެވޭނެ ހަރަކާތެއް އިންތިޒާމްކުރެ އެެވެ. އެ ޕާޓީއަކީ  ރާއްޖޭގެ އެންމެ ބޮޑު ބައެއްގެ މަގުބޫލުކަން ވެސް ހޯދާފައިވާ ޕާޓީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް