Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 01:08
ހައިކޯޓް: އަބުރުގެ ގާނޫނުގެ މައްސަލަ މިހާރު ވަނީ ތާވަލުކޮށްފައި
ހައިކޯޓް: އަބުރުގެ ގާނޫނުގެ މައްސަލަ މިހާރު ވަނީ ތާވަލުކޮށްފައި
މުހައްމަދު ޝަރުހާން
އަބުރުގެ މައްސަލަ
އަބުރުގެ ގާނޫނުގެ މައްސަލަ ހުށަހެޅިތާ 10 މަސްފަހުން ފުރަތަމަ އަޑުއެހުން ތާވަލްކޮށްފި
މައްސަލާގެ ފުރަތަމަ އަޑުއެހުން އޮތީ މި މަހުގެ 16 ވަނަ ދުވަހު
މި މައްސަލާގައި ދެ ފަހަރަަކަށް ވަގުތީ އަމުރަކަށް އެދިފައިވޭ
އަބުރުގެ ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް

"އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ޚިޔާލުފާޅުކުރުމުގެ ހައްގު ހަނިވާ ގޮތަށް ފާސްކޮށް، ތަސްދީގުކޮށްފައިވާ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލާގެ ފުރަތަަމަ އަޑުުއެހުން ތާވަލުކޮށްފި އެވެ.

އެ މައްސަލަ ހައި ކޯޓަށް ހުށަހެޅިތާ 10 މަހަށް ވުރެ ގިނަ ދުވަސްފަހުން އެ މައްސަލާގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށެވެ. ދުސްތޫރީ މައްސަަލައެއްގެ ގޮތުގައި ގާނޫނީ ވަކީލު މައުމޫން ހަމީދާއި ގާނޫނީ ވަކީލު ހަސަން މަހާޒު ޝަރީފާއި ގާނޫނީ ވަކީލު އިބްރާހީމް ޝަމީލު ހުށަހެޅުއްވި އެ މައްސަލަ ތާވަލުކޮށްފައިވާކަން އެފަރަތުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފަ އެވެ. ހައި ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގެންފައިވަނީވެސް މި އަހަރުގެ ޖެނުއަރީ މަހު އެވެ.

އެ މައްސަލާގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އެ މައްސަލަ ހުށަހެޅިއިރުވެސް އަދި އޭގެ ފަހުންވެސް ވަނީ މައްސަލަ ހުށަހެޅި ފަރާތުން ވަގުތީ އަމުރަކަށް އެދިފަ އެވެ. މައްސަލާގައި ވަގުތީ އަމުރަކަށް އެދިފައިވަނީ އެ ގާނޫނަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

އެ މައްސަލައިގައި އެދިފައިވަނީ އަބުރުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) (ނ) (ރ) އާއި ނުވަ ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި 15 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ނ) (ރ) އާއި 18 ވަނަ މާއްދާގެ (ނ) (ރ) އާއި 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި 23 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ (ހ) (ށ) (ނ) (ރ) އާއި 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އާއި 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި 40 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނުކުތާ އާއި ތިން ވަނަ ނުކުތާ އާއި ހަމަ އެ މާއްދާގެ (ށ) ބާތިލްކޮށްދިނުމަށެވެ.

އެ މައްސަލައިގައި އެދިފައިވަނީ، ގާނޫނުގެ ބައެއް މާއްދާތަކާއި ބައެއް އަކުރުތައް ގާނޫނުން އުނިކުރުމަށާއި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ގާނޫނަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރެއްގެ އިތުރުން މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި މުޖުތަމައުތަކުގައި ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ގިނަވެގެން ހަމަސް ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

އެ ގާނޫނާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް، މަދަނީ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ރައީސް އަބްދުﷲ ޔާމީން އެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް 11 ވަނަ ދުވަހު އެވެ.

އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި އޮއްވާ އެ ގާނޫނާއެކު އެ ކުށް މިވަނީ ޖިނާއީ ކުށަކަށް ބަދަލުކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ އަބުރު ގެއްލުވާލައިފި ނަމަ 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާކުރެވެ އެވެ. ޖުރިމަނާ ފައިސާ ނުދައްކައިފި ނަމަ މީޑިއާގެ ލައިސެންސް ސަސްޕެންޑްކޮށް އަދި ބާތިލްކުރުމުގެ ބާރު ވެސް ރެގިއުލޭޓް ކުރާ މުއައްސަސާ އަށް ވަނީ ދީފަ އެވ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް