Advertisement
ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 12:05
އިހްޔާ ފޯރަމްގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީ އިނާމު ހަވާލުކޮށްދެއްވަނީ
އިހްޔާ ފޯރަމްގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީ އިނާމު ހަވާލުކޮށްދެއްވަނީ
އިސްލާމިކް މިނިސްޓްރީ
އިހްޔާ ފޯރަމް
1444 ވަނަ އަހަރުގެ އަތޮޅު އިހްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމު ހޯރަފުއްޓަށް ލިބިއްޖެ
2 ވަނައާއި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށް
ފޯރަމްތައް ކުރިއަށްގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބުނު
މިއަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިހްޔާ ފޯރަމް ބާއްވާފައިވޭ

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ކުރިއަށްގެންދިޔަ އިހްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިހްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ.

މިކަން އިއުލާންކުރީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިހްޔާގެ އެންމެ ފަހު ފޯރަމްގައެވެ.

Advertisement

އިޙްޔާ ފޯރަމް ބޭއްވި ހުރިހާ އަތޮޅެއްގެ ގުރުއަތު ނެގުން މި ފޯރަމްގައި ކުރިއަށް ގެންދިޔައިރު, 2 ވަނައާއި 3 ވަނަ ލިބުނީ ފުވައްމުލައް ސިޓީއަށެވެ.

އަތޮޅު އިހްޔާ ފޯރަމްތަކުގެ 1ވަނަ, 2 ވަނަ، އަދި 3 ވަނައަަށް ހޮވުނު ފަރާތްތަކާއި ލިބުނު އިނާމު

  1. 1 ވަނަ – AIF HOA 282
  2. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދޭ އުމްރާ ދަތުރު
  3. 2 ވަނަ- AIF FVM 363
  4. އުރީދޫން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13
  5. 3 ވަނަ- AIF FVM 768
  6. ރެއިންބޯއިން ސްޕޮންސަރގެ ގޮތުގައި ދޭ ސޯފާސެޓް

ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރކުރައްވާނީ 7910208 މި ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ [email protected] އަށް މެއިލް ކުރެވޭނެއެވެ. އަދި ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާ މީހެއްގެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީ، އަދި ނަންބަރުކޮޅު ގެނައުމުން، ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީ ވަނީ، މިފަދަ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި، ރަށްރަށުން ލިބުނު އެއްބާރުލުމަށްޓަކައި، ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިނިސްޓްރީން މި ފޯރަމްތައް ކުރިއަށްގެންދިއުމުގައި އެހީތެރިވި ހުރިހާ ފަރާތަކަށްވެސް ޝުކުރުއަދާކުރެއްވިއެވެ.

މިއަހަރު ޖުމްލަ 7 ރަށެއްގައި އަތޮޅު އިހްޔާ ފޯރަމް ބާއްވާފައިވެއެވެ. އެއީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ރ. ދުވާފަރު، ޅ. ނައިފަރު، އަދި ގދ. ތިނަދޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް