ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 05:41
ޖޫޑް ބެލިންހަމް: އޭނާގެ އަގު މާބޮޑު ކަމަށް ލިވަޕޫލުން ދެކޭ
ޖޫޑް ބެލިންހަމް: އޭނާގެ އަގު މާބޮޑު ކަމަށް ލިވަޕޫލުން ދެކޭ
ބީބީސީ
ލިވަޕޫލް
ބެލިންހަމްގެ އަގާމެދު ކްލޮޕް: ކުޑަކުއްޖަކަށް ފެރާރީ ކާރެއް ގަނެނުދޭނެ!
 
ކުޅުންތެރިޔާ ވިއްކަން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްއިން ކިޔާ އަގު 110 މިލިއަން ޕައުންޑާ ގާތް ކުރޭ

އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ގަތުމަށް 100 މިލިއަން ހަރަދު ކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ 19 އަހަރުގެ ކުޅުންތެރިޔާ ވިއްކަން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްއިން ކިޔާ އަގު 110 މިލިއަން ޕައުންޑާ ގާތް ކުރުމުންނެވެ. ލިވަޕޫލަށް ގިނަ ތަށި ތަކެއް ހޯދާދީފައިވާ ކޯޗު ބުނީ އެއީ ކުޑަކުއްޖަކު ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކާރު ކަމަށްވާ ފެރާރީ ބްރޭންޑްގެ ކާރެއް ގަންނަން އެދުމުން އެކަމާ އެއްބަސްވުން ފަދަ ކަމެއް ކަމަށެވެ.

"ފަސް އަހަރުގެ ކުއްޖަކު ހަދިޔާ އަކަށް ބޭނުންވަނީ ފެރާރީ ކާރެކޭ ބުނީމާ އެއީ ވަރަށް ރަނގަޅު ހިލާޔެއް ކަމަށް އެއްބަސްވާނެތަ. އެއީ ރަނގަޅު ކަމެއްނޫން. އަހަރުމެންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ. އަދި އަހަރުމެން ބޭނުންވާ ކަންކަމާއި އަހަރުމެން ކުރަންޖެހޭ އަދި ނުޖެހޭ ކަންކަން ވެސް ހުންނާނެ،"
ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލް ވަރުގަދަ ކުރުމަށް އަންނަ ސީޒަން ފެށުމުގެ ކުރިން ފަސް ކުޅުންތެރިން ގަތުމަށް ކޮންމެ ކުޅުންތެރިއަކަށް 100 މިލިއަން ޕައުންޑް ހަރަދު ނުކުރެވޭނެ ކަމަށެވެ.

"މީގެ ބަދަލުގައި ދާންޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް. ފައިސާ ހޭދަކުރަންވާނީ ވިސްނުންތެރިކަމާއެކު އެވަގުތެއްގައި އެންމެ ބޭނުން ހިފޭނެ ގޮތަކަށް. އަހަރުމެންނަށް ފަސް ކުޅުންތެރިއަކަށް ކޮންމެ މީހަކަށް 100 ޕައުންޑް ހޭދަނުކުރެވޭނެ،"
ކޯޗު ބުންޏެވެ.

ލިވަޕޫލްގެ ނަތީޖާތައް މި ސީޒަނުގައި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތަކުން ޖާގަ ނުލިބުމަކީ ވެސް ވުން ގާތްކަމެކެވެ. ނަމަވެސް ޓީމު ވަރުގަދަ ކުރުމަށް ބެލިންހަމް ގެނައުމުގެ ވިސްނުން އެ ޓީމުން މިހާރު ވަނީ ގާތްގަނޑަކަށް ދޫކޮށްލައިފަ އެވެ. މީގެ ބަދަލުގައި ޗެލްސީގެ މެންސަން މައުންޓަކީ ލިވަޕޫލުން ވަރަށް ބޭނުންވާ ކުޅުންތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް