Advertisement
ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 18:56
ޕީޕީއެމްގެ ޓީމް ލަންކާ އެއާޕޯޓުގައި
ޕީޕީއެމްގެ ޓީމް ލަންކާ އެއާޕޯޓުގައި
ރާއްޖެ އެމްވީ
ޕީޕީއެމް
ޕީޕީއެމް ޓީމެއް ލަންކާއަށް ދިއުމުން ވެސް މެންބަރުންނާ ބައްދަލެއް ނުކުރެވުނު!
ދެ މެންބަރަކު ލަންކާގައި ހުންނެވި ކަމަށް ވޭ
ޓީމް ލަންކާ އަށް ދިޔައީ ބުދަ ދުވަހުގެ ރޭ
ޕީޕީއެމްގެ 11 މެމްބަރަކު މަސީހާ ދެކޮޅަށް ސޮއި ކުރެއްވި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި ނައިބު ލީޑަރު ހިމެނޭ ގޮތަށް މެންބަރުންގެ ޓީމެއް ލަންކާއަށް ވަޑައިގަތުމުން ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ބައެއް މެންބަރުންނާ ބައްދަލުކުރިނުވި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ނައިބު ލީޑަރު އިބްރާހިމް ފަލާހުއާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ލަންކާއަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ ރޭ އެވެ.

މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 11 މެންބަރުންގެ ތެރެއިން ދެ މެންބަރަކު ލަންކާގައި ހުންނެވި ކަމަށް މައުލޫމާތު ލިބެ އެވެ. ގަރާރުގައި ސޮއިކުރައްވާފައިވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ރައީސް މުހައްމަދު ނަޝީދާ ލަންކާގައި ބައްދަލުކުރައްވާފަ އެވެ. ނަޝީދު ވަނީ އެ ބައްދަލުވުމުގެ ފޮޓޯއެއް ޓްވީޓް ކުރައްވާފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ޓީމް ލަންކާ އަށް ގޮސް އެ ދެ މެންބަރުންނާ ބައްދަލުކުރެވޭތޯ ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެ ދެ މެންބަރުންނާ ވެސް ބައްދަލުކުރެވޭ ގޮތް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕީޕީއެމްގެ ޓީމެއް ލަންކާއަށް ދިޔައީ މެންބަރުންނާ ބައްދަލުކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ލަންކާއަށް ޓީމެއް ދިޔައީ 2018 ގެ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ޖުލައި 2017 | ބުރާސްފަތި 23:44
ޖާނޭ
ފިލަންވަންނާނެ ތަނެއް ހޯދަނީ ޔޯ 2018 އަށް. އެވެސް ތައްޔާރުވުން ނޫންތޯ