ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 07:23
ހިތަދޫ ކުނިގޮނޑު ދުން އެރުން ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރަނީ
ހިތަދޫ ކުނިގޮނޑު ދުން އެރުން ކޮންޓްރޯލްކުރުމުގެ މަސައްކަތްކުރަނީ
އެމްއެންޑީއެފް
ހިތަދޫ ކުނިގޮނޑުގައި އަލިފާން ރޯވުން
ހިތަދޫ ކުނިގޮނޑުން އަދިވެސް ދުން އަރަމުންދާތީ ދުން އެރުން ކޮންޓްރޯލް ކުރުމަށް ޚާއްސަ އޮޕަރޭޝަނެއް
 
އަލިފާން ގަނޑު ކޮންޓްރޯލްކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 1:30 ހާއިރު
 
އަލިފާން ރޯވެފައިވަނީ ހޯމަ ދުވަހު ހަވީރު 4:34 ހާއިރު

އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފައިވީނަމަވެސް އަދިވެސް އެސަރަހައްދުން ދުމުގެ އަސަރު ވަރަށްބޮޑަށް ކުރަމުންދާތީ، ދުން އެރުން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީގެ މުއައްސަސާތައް ގުޅިގެން ޙާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަންގައި، އަލިފާން ރޯވި ސަރަހައްދުގައި ހުރި ކުނިތަކުގެ އަޑީގައި އަލިފާނުގެ އަސަރު ހުރުމުން އެކްސްކަވޭޓަރެއް ބޭނުންކޮށްގެން އެސަރަހައްދު ކޮނެ ކުނިތައް އެއްފަރާތްްކޮށް، ފެން ޖަހައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސް، ގަން އިންޓަނޭޝަނަލް އެއަރޕޯޓް، އެމްޓީސީސީ، ޕޮލިސް އެކެޑަމީ، ވަން އޫޑްގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ.

މި ހާދިސާގެ މައުލޫމާތު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 16:34 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އެސަރަހައްދުގައި ވަޅުގަނޑެއް ކޮނެ، ފެން ނަގައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އަންގާރަ ދުވަހުގެ މެންދުރު 13:30ހާއިރު އަލިފާން ކޮންޓްރޯލްކޮށް، އެ ސަރަހައްދު ވަނީ ވެމްކޯއާ ހަވާލުކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
4 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
ގެއްލުނު ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދު ބަލައިފި، އަދިވެސް ނުފެނޭ
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ މައްސަލަ އޮޅުންބޮޅުމަކަށް
ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ދަތުރު ކުރި ކަމަށް ޣައްސާން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކޮށްފި
ބޭރުގެ ފަސް ޤައުމެއްގެ ސިފައިންނާއެކު "ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް 12" ފަށައިފި