ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 08:49
ޓީޗަރސް އެސޯސިއޭޝަންގެ ރައީސް އަލީ ނާޒިމް
ޓީޗަރސް އެސޯސިއޭޝަންގެ ރައީސް އަލީ ނާޒިމް
ރާއްޖެއެމްވީ
ޓީޗަރސް އެސޯސިއޭޝަން
މުދައްރިސުންގެ މުސާރަ ބޮޑުވިނަމަވެސް ހީކުރިވަރަށް ދާއިރާއަށް މީހުން ނުނިކުމޭ: ޓީޗަރސް އެސޯސިއޭޝަން
 
އޮނިގަނޑަށް ގެނައި ބަދަލާއެކު އަދިވެސް ކަންކަން ރަނގަޅުކުރެވޭނެކަމަށް ނާޒިމް ވިދާޅުވި
 
ނާޒިމް ވިދާޅުވީ އޭގެ އެންމެ ބޮޑު ސަބަބަކީ މުދައްރިސުންނަށް މާ ބުރަ ބޮޑުވެގެން ދިޔުންކަމަށް

މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް އައި ނަމަވެސް ކުރިން ހީކުރި ވަރަށް ދާއިރާއަށް މީހުން ނިކުންނަމުންނުދާކަމަށް ޓީޗަރސް އެސޯސިއޭޝަންގެ ރައީސް އަލީ ނާޒިމް ވިދާޅުވެއްޖެއެވެ.

ޓީޗަރސް އެސޯސިއޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މުދައްރިސުންގެ މުސާރައަށް އައި ބަދަލު ބަލައިގަންނަކަމަށެވެ. އޮނިގަނޑަށް ގެނައި ބަދަލާއެކު އަދިވެސް ކަންކަން ރަނގަޅުކުރެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން އޮނިގަނޑަށް އައި ބަދަލާއެކު އޯޓީ އާއި އެޓެންޑަންސް ފަދަ ކަންކަން ބަލާއިރު ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މުދައްރިސުންގެ މުސާރަ ޒަމާންތަކަކަށްފަހު ބޮޑުވެގެންދިޔުމުގެ ސަބަބުން ދާއިރާގައި ގާބިލު މީހުން މަޑުކޮށް ފެންވަރު ރަނގަޅު އައު ކުދިން ދާއިރާއަށް ނުކުންނާނެކަމަށް ކުރިން ހީކުރެވުނުކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކަށް ބަލާއިރު ދާއިރާއަށް މޮޅެތި ކުދިންގެ ޝައުގުވެރިކަން ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭގެ އެންމެ ބޮޑު ސަބަބަކީ މުދައްރިސުންނަށް މާ ބުރަ ބޮޑުވެގެން ދިޔުންކަމަށެވެ. ބޮޑުވެގެން ދިޔަ މުސާރައާއެކު ބައެއް ސްކޫލްތަކުން މުދައްރިސުންނަށް ބުރަ ބޮޑުކޮށް މަސައްކަތްތައް ކުރަމުންދާތަން ފެންނަކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރަނގަޅަށް ކަރިކިޔުލަމްވެސް ތަންފީޒުކުރެވިގެން ނުދާކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ދާއިރާ އިތުރަށް ހަރުދަނާކޮށް މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހުކުރު ދުވަހަކީ މުދައްރިސުންނަށް ހުސް ދުވަހެއްގެ ގޮތުގައި ހަދަން ޖެހޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި