ކ. މާލެ
|
8 އޭޕްރިލް 2023 | ހޮނިހިރު 14:06
ޓައިވާނުގެ ވަށައިގެން ކުރިއަށްގެންދާ ތަމްރީންތައް
ޓައިވާނުގެ ވަށައިގެން ކުރިއަށްގެންދާ ތަމްރީންތައް
ވަޔަން
ޗައިނާގެ މިލިޓަރީ ޑްރިލް
ޗައިނާއިން ޓައިވާނުގެ ވަށައިގެން ކުރިޔަށްގެންދާ މިލިޓަރީ ޑްރިލްއެއް ފަށައިފި
 
އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާނަކީ، ޗައިނާއިން ބުނާގޮތުގައި ޗައިނާގެ އަމިއްލަ ތަނެއް

ތިން ދުވަހަށް ކުރިޔަށް ގެންދާ މިލިޓަރީ ޑްރިލްއެއް ފެށިކަން ޗައިނާއިން އިއުލާންކުރިތާ ދެތިން ގަޑިއިރުތެރޭގައި، ޓައިވާނުގެ ވަށައިގެން ވާ ސަރަހައްދުތަކުން ޗައިނާގެ 8 ވޯރޝިޕް، އަދި 42 ފައިޓަރ ޖެޓް ހަރަކާތްތެރިވަމުން ދާތަން ފެނިފައިވާކަމަށް ޓައިވާނުން ބުނެފިއެވެ. ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ބުނީ މިއީ އެގައުމުން ނުހަނު ބޮޑަށް ކުށްވެރިކުރާ، ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައެވެ. އަދި ހޮނިހިރު ދުވަހު އެގައުމުގެ ގަޑިން ހެނދުނު ހަޔަކުން ފެށިގެން އެގާރަ ޖެހުމާ ދެމެދު ޗައިނާގެ 29 ޖެޓް ޓައިވާނުގެ "މީޑިއަން ލައިން" ހުރަސްކޮށްފައި ވާކަންވެސް ފާހަގަކޮށްފައި ވެއެވެ.

އޭގެ ކުރިން ހަމަ ހޮނިހިރު ދުވަހު ޗައިނާއިން ވަނީ ޓައިވާން ކަނޑުއޮޅީގައި ތިން ދުވަހަށް ކުރިޔަށްގެންދާ އަސްކަރީ ތަމްރީނުތަކެއް ފަށާކަން އިއުލާންކޮށްފައެވެ. "ޔުނައިޓަޑް ޝާޕް ސްވޯރޑް"ގެ ނަމުން ނަންދީފައިވާ ތަމްރީނުތައް ކުރިޔަށްގެންދާނީ އެޕްރިލް 8ން 10ށް ކަމަށް، ޕީޕަލްސް ލިބަރޭޝަން އާރމީގެ އީސްޓަރން ތިއޭޓަރ ކޮމާންޑުން ބުނެފައިވެއެވެ. އަދި މިތަމްރީނުތަކުގެ މަގުސަދަކީ ކޮމްބެޓް ހަނގުރާމަޔަށް ތައްޔާރުވުން ކަމަށާއި, ފަރިތަކުރަނީ ހުރިހާ ކޮޅަކުން ޓައިވާން ވަށާލުމަށް ކަމަށްވެސް ސީސީ ޓީވީން ބުނެފައިވެއެވެ.

އަމިއްލަ ވެރިކަމެއް އޮންނަ ޓައިވާނަކީ ޗައިނާއިން ބުނާގޮތުގައި ޗައިނާގެ އަމިއްލަ ތަނެކެވެ. އަދި އެއްދުވަހަކުން ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޓައިވާން ހިފާނެކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.

ޗައިނާއިން މިލިޓަރީ ޑްރިލް އެއްފަށާފައި މިވަނީ ޓައިވާނުގެ ރައީސް ސައި އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ހައުސް ސްޕީކަރ ކެވިން މެކާތީއާ ބުދަ ދުވަހު ބައްދަލޫކުރައްވާފައި ވަނިކޮށެވެ. މިބައްދަލުކުރެއްވުމުގެ ދެތިން ގަޑިއިރު ކުރިންވެސް ޗައިނާއިން ވަނީ އެގައުމުގެ ޝެންގޑޮންގ އެއާކްރާފްޓް ކެރިއަރ ޓައިވާން ކައިރިއަށް ފޮނުވާފައެވެ.

ރައީސް ސައި އެނބުރި ގައުމަށް ވަޑައިގެންނެވިފަހުން ޗައިނާގެ ހަނގުރާމަ މަތީ ތިން މަނަވަރާއި 13 އެއާކްރާފްޓް އެގައުމާ ކައިރިން ހަރަކާތްތެރިވެފައި ވާކަމަށް، ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް